ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނުގެ ހަމަލާތަކުން ބަހްރެއިން ދިފާއުކުރަން ގޮސްހުރި ޔޫއޭއީ ސިފައިންގެ މީހަކު މަރުވެއްޖެ

އީރާނުން ބަހްރެއިންއަށް ދިން ހަމަލާތަކުގައި އެމެރިކާގެ އަސްކަރީ ބޭހަކަށް ދީފައިވާ ގެއްލުންތައް:
STO_Ads
TTH_Ads
Advertisement

އީރާނުގެ ހަމަލާތަކުން ބަހްރެއިން ދިފާއުކުރަން ގޮސްހުރި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސިފައިންގެ މީހަކު މަރުވެއްޖެއެވެ.

ބަހްރެއިން ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ، ޔޫއޭއީގެ ސިފައިންގެ މީހާ މަރުވެފައިވަނީ އީރާނުން ދިން ހަމަލާއެއްގައި ކަމަށެވެ. މި ހަމަލާގައި ބަހްރެއިން ސިފައިންގެ އެތައް ބަޔަކު ޒަޚަމްވި ކަމަށްވެސް ބުނެފައި ވެއެވެ.

މިކަމާ ގުޅޭގޮތުން ޔޫއޭއީގެ މިނިސްޓްރީ އޮފް ޑިފެންސުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އީރާނުގެ ބެލިސްޓިކް މިސައިލް ހަމަލާއެއްގައި މަރުވެފައިވަނީ ޔޫއޭއީ އަސްކަރިއްޔާގެ ސިވިލް ކޮންޓްރެކްޓަރެއް ކަމަށާއި، އެއީ މޮރޮކޯގެ ރައްޔިތެއް ކަމަށެވެ. މި ހަމަލާގައި ޔޫއޭއީ ސިފައިންގެ އިތުރު 5 މީހުން ޒަޚަމްވި ކަމަށްވެސް ބުނެފައި ވެއެވެ.

MMA_Ads
HajjCop_ads
Advertisement

އީރާނުގެ ހަމަލާތަކުން ބަހްރެއިން ދިފާއުކުރަން، ޔޫއޭއީއާއި އަދި އަވަށްޓެރި އެހެން ގައުމެއްގެ ސިފައިން ބަހްރެއިންގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

އެމީހުންގެ ކަމަކީ، އެމެރިކާ ސިފައިންނާއި، ބަހްރެއިން ސިފައިންނާ ގުޅިގެން އީރާނުން ފޮނުވާލާ މިސައިލްތަކާއި ޑްރޯންތައް ވައްޓާލުމެވެ.

އީރާނުން މިހާރުވެސް ގެންދަނީ ކޮންމެ ދުވަހަކު ބަހްރެއިންގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި، އެމެރިކާ ސިފައިންގެ ތަންތަނަށް ހަމަލާތައް ދެމުންނެވެ.

އީރާނުގެ  ހަމަލާތަކުގައި ބަހްރެއިންގެ ކިންގް އީސާ އެއަރ ބޭސްއަށް ބޮޑެތި ގެއްލުންތައް ދީފައިވާއިރު، ރިފާ އެއަރ ބޭސްގައި ގާއިމްކޮށްފައިވާ އެއަރ ޑިފެންސް ސިސްޓަމްވެސް ވަނީ ފުނޑާލާފައެވެ.

އީރާނުގެ ހަމަލާތަކުގައި އެމެރިކާ ސިފައިންނާ ގުޅުންހުރި އެހެން ތަންތަނަށްވެސް ބޮޑެތި ގެއްލުންތައް ދީފައި ވެއެވެ. އެތައް ތަނެއްގައި އަލިފާން ރޯވެ އަނދާފައި ވެއެވެ.

ބަހްރެއިންއަކީ އެމެރިކާގެ ކަނޑުގެ ސިފައިންގެ ފިފްތު ފްލީޓްގެ ކޮމާންޑް ސެންޓަރު ގާއިމްކޮށްފައިވާ ގައުމުވެސް މެއެވެ.

އީރާނުގެ ހަމަލާތަކުގެ ސަބަބުން ބަހްރެއިންގެ އެމެޒަން ސާވަރ މައްސަލަޖެހި މަސައްކަތް ހުއްޓިފައި ވެއެވެ. އީރާނުން ހަމަލާ ދީފައިވަނީ ބަހްރެއިންގެ އެމެޒަން ވެބް ސަރވިސް އިމާރާތަށެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MMA_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުގެ ވަފުދު ސްވިޒަރލޭންޑަށް، އީރާނުން އަންގަނީ ވަފުދު ދިޔައީ އެމެރިކާއާ ވާހަކަދައްކަން ނޫން ކަމަށް

އީރާނުގެ އިންޒާރު އިސްރާއީލާއި އެމެރިކާއަށް: ލުބުނާނަށްދޭ ހަމަލާތައް ނުހުއްޓައިފިނަމަ ނަތީޖާ ވަރަށް ގޯސްވާނެ

މަސްރަހް ވަރަށް ނުތަނަވަސް: އެންމެން އިންތިޒާރުކުރަނީ އީރާނުން އިސްރާއީލަށް ހަމަލާދޭން ފަށާނެ ވަގުތަކަށް

ތެލާއި ގޭސް އެކްސްޕޯޓްކުރިޔަނުދީ ހޮރްމޫޒު އެއްކޮށް ބަންދުކުރަން ޖެހިދާނެކަމަށް އީރާނުން އިންޒާރުކޮށްފި