އީރާނުގެ ފަރާތުން އަންނަ މިސައިލާއި ޑްރޯން ހަމަލާތައް ހުއްޓުވަން ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އެއަރ ޑިފެންސް ނިޒާމުތައް މިވަގުތު އެކްޓިވޭޓް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޔޫއޭއީގެ ވައިގެ ސަރަހައްދުން ބާރުގަދަ ގޮވުންތައް ގޮވާ އަޑުފަށްގަނޑު އިވެމުންދާ ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފައި ވާއިރު، ޔޫއޭއީ ސަރުކާރުގެ މިނިސްޓްރީ އޮފް ޑިފެންސުން ނެރުނު އިންޒާރުގެ ނޯޓިސްގައި ބުނެފައިވަނީ ޔޫއޭއީގެ އެކި ހިސާބުތަކުން އިވެމުންދާ އަޑުފަށްގަނޑުތަކަކީ އެއަރ ޑިފެންސް ނިޒާމުތަކުން މިސައިލާއި ޑްރޯންތައް ގޮއްވަމުންދާ އަޑުތައް ކަމަށެވެ.
އަދި އާންމު ރައްޔިތުންނަށް އިލްތިމާސް ކޮށްފައިވަނީ ރައްކާތެރިވެ ތިބުމަށާއި، ދެވިފައިވާ އިރުޝާދުތަކަށް އަމަލުކުރުމަށެވެ.

އީރާނުން ޔޫއޭއީއަށް ހަމަލާދިނުމަށް ބެލިސްޓިކް މިސައިލާއި، ކްރޫޒް މިސައިލާއި އަދި ޑްރޯންވެސް ބޭނުން ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އީރާނުން ދެމުންގެންދަނީ ވަރަށް ލިމިޓެޑް ހަމަލާތަކެއް ކަމަށްވެސް ވެއެވެ.
ހަމަލާތަކާ ގުޅިގެން ދުބާއީ އަދި އަބޫ ދާބީގެ އެއަރޕޯޓްތައް ވަގުތީގޮތުން ސަސްޕެންޑްކޮށް ފްލައިޓް ދަތުރުތަކަށްވެސް ހުރަސް އެޅިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އީރާނުން ޔޫއޭއީއަށް އަމާޒުކޮށް ހަމަލާތަކެއް ދޭން މިފެށީ، ޔޫއޭއީގެ އަސްކަރީ ޖެޓުތަކުން އީރާނަށް ފުރަތަމަ ފަހަރަށް ބޮންއެޅިކަމަށް ގަބޫލު ކުރެވިގެންނެވެ. އީރާނު ދައުލަތުގެ މީޑިއާއިން ރޭގައި ބުނެފައިވަނީ އީރާނުގެ ދެކުނުގެ ކެޝްމް އައިލެންޑްގެ ތެޔޮ ބަނދަރުތަކާއި، ތެޔޮ ތާނގީތަކަށާއި، ބަންދަރު އައްބާސް ބަނދަރަށްވެސް ހަމަލާ ދީފައިވަނީ ޔޫއޭއީގެ ޖެޓުންތަކުން ކަމަށާއި، ޔޫއޭއީން އެކަން ކޮށްފައިވަނީ އެމެރިކާއާއި އިސްރާއީލާ ގުޅިގެން ކަމަށެވެ.
ޔޫއޭއީން ހިންގި އުދުވާނަށް ވަރުގަދަ ރައްދެއް ދޭނޭ ކަމަށް އީރާނުން އިންޒާރު ކޮށްފައިވެސް ވެއެވެ.
އީރާނުން ޔޫއޭއީއަށް ހަމަލާ ދެމުންގެންދާ ކަމަށް ރިޕޯޓްކުރި ނަމަވެސް، އެއްވެސް ގެއްލުމެއް ލިބުނުކަމެއް އަދި ރިޕޯޓް ކޮށްފައެއް ނުވެއެވެ.





ކިޔުންތެރިންގެ ހިޔާލު