ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނުގެ ހަމަލާތައް ވަރުގަދަވެ، ވައިގެ ސަރަހައްދުގެ ކޮންޓްރޯލް ގެއްލި، ޔޫއޭއީން ވައިގެ ސަރަހައްދު ބަންދުކޮށްފި

STO_Ads
TTH_Ads
Advertisement

އީރާނުގެ ރައްދު ހަމަލާތައް ވަރުގަދަވެ، ވައިގެ ސަރަހައްދުގެ ކޮންޓްރޯލް ގެއްލި، ޔޫއޭއީން އެގައުމުގެ ވައިގެ ސަރަހައްދު ވަގުތީގޮތުން ބަންދުކޮށްފިކަން އިއުލާން ކޮށްފިއެވެ.

ޔޫއޭއީގެ ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެގައުމުގެ ވައިގެ ސަރަހައްދު ވަގުތީގޮތުން އެއްކޮށް ބަންދުކޮށްފައިވާ ކަމަށެވެ.

ވައިގެ ސަރަހައްދު ބަންދުކުރި ސަބަބެއް ކަމަށް ބުނެފައިވަނީ، ޔޫއޭއީގެ ވައިގެ ސަރަހައްދުން ދަތުރުކުރާ މަތިންދާ ބޯޓުތަކާއި، އެއަރ ކްރޫންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި އަދި ޔޫއޭއީގެ ސަރަހައްދުގެ ހިމާޔަތަށް ކަމަށެވެ.

HajjCop_ads
Advertisement

އީރާނުން ހޯމަ ދުވަހުގެރޭވެސް ވަނީ ޔޫއޭއީގައި ހުރި އެމެރިކާގެ އަސްކަރީ ތަންތަނަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

ޔޫއޭއީ ސަރުކާރުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ، އީރާނުން ފޮނުވާލި މިސައިލްތަކާއި ޑްރޯންތައް ވައްޓާލަން އެއަރ ޑިފެންސުން ވަރުގަދަ އަދި ކާމިޔާބު މަސައްކަތްތަކެއް ކުރި ކަމަށެވެ.

އީރާނުގެ ހަމަލާތައް ޔޫއޭއީގެ އެކި ހިސާބުތަކަށް އަމާޒުކުރިއިރު، ދުބާއީއަށްވެސް އެތައް ހަމަލާއެއް އަމާޒުވިއެވެ. މި ހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް ޔޫއޭއީން ހާމައެއް ނުކުރެއެވެ.

އީރާނުން ތަކުރާރުކޮށް ގޮވާލަމުން ދިއުމާއެކުވެސް ޔޫއޭއީން ގެންދަނީ، އީރާނަށް ހަމަލާ ދިނުމަށް ޔޫއޭއީގެ ސަރަހައްދުތައް ބޭނުން ކުރުމުގެ ފުރުސަތު އެމެރިކާއަށް ދެމުންނެވެ.

އީރާނުން މިހާރު ރައްދު ހަމަލާތައް ދެމުންދާ، ޔޫއޭއީގެ މައިގަނޑު ސަރަހައްދުތަކަކީ އީރާނަށް ހަމަލާދޭން އެމެރިކާ ސިފައިންގެ ޖެޓުތަކާއި އަދި މިސައިލްތައް އުދުއްސާލާ ތަންތަނެވެ.

ޔޫއޭއީގެ އިތުރުން، މެދުއިރުމަތީގައި ގާއިމްކޮށްފައިވާ އެމެރިކާ ސިފައިންގެ އެންމެ ބޮޑު އަސްކަރީ ބޭސް ކަމަށްވާ ގަތަރުގެ އަލް އުދައިދް އެއަރ ބޭސްއަށްވެސް އީރާނުން ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހޯމަދުވަހުގެ ރޭ ވަރުގަދަ ހަމަލާތަކެއް ދީފައި ވެއެވެ.

ގަތަރުގެ ޑިފެންސް މިނިސްޓްރީން ބުނީ، އީރާނުން ފޮނުވި 14 މިސައިލްގެ ތެރެއިން 13 މިސައިލް ކާމިޔާބު ކަމާއެކު ވައްޓާލެވުނު ކަމަށާއި، އެތައް ޑްރޯންއެއްވެސް ވައްޓާލި ކަމަށެވެ.

އީރާނުން ހޯމަދުވަހުގެރޭ ވަނީ ސައުދީ އަރަބިއްޔާއާއި، ކުވައިތުގައި ހުރި އެމެރިކާގެ އަސްކަރީ ތަންތަނަށްވެސް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަނގުރާމައާ ގުޅޭގޮތުން އެއްވެސް ބަޔަކާ ވާހަކަ ދެއްކުމުގެ ޕްލޭނެއް މިވަގުތު ނެތް: އީރާނު

ހޮރްމޫޒުގައި މުޅިން އައު ރޫޓެއް ކަނޑައަޅަން އީރާނާއި އުމާން އެއްބަސްވުމަކާ ގާތަށް

އެމެރިކާ ރައްޔިތުން އަވަހަށް ފުރުމަށް އިރުޝާދުދީ، އިތުރު މީހުން މެދުއިރުމައްޗަށް ނައުމަށް އަންގައި އިންޒާރުކޮށްފި

އީރާނަށް ދެން ހަމަލާދިނުމަކީ އެމެރިކާއިން ކުރާނެ އެންމެ މޮޔަ ކަންތައް، ރައްދުދިނުމުގެ ޕްލޭނަށް މިތިބީ ތައްޔާރަށް: އިންގިލާބީ ލަޝްކަރު