ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނުގެ ނިއުކްލިއަރ ފެސިލިޓީއަށް ދިން ހަމަލާތަކުގެ ރައްދު އިސްރާއީލުގެ ނިއުކްލިއަރ އިންޖީނުގެއަށް

TTH_Ads
STO_Ads
Advertisement

އީރާނުގެ ޔޫރޭނިއަމް ފައްކާކުރާ ނަޓާންޒް ފެސިލިޓީއަށް އިސްރާއީލާއި އެމެރިކާ ގުޅިގެން ބޮން އެޅުމުން އީރާނުން އިސްރާއީލުގެ ނިއުކްލިއަރ އިންޖީނުގެ ހުންނަ ރަށަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފިއެވެ.

އީރާނުން ދިން މިސައިލް ހަމަލާތައްވަނީ ސީދާ އިންޖީނުގެއަށް އަމާޒުވެފައެވެ. ނަމަވެސް، އެތަނަށް ލިބުނު ގެއްލުންތަނެއް ސާފެއް ނުވެއެވެ.

މިއީ، އިސްރާއީލުގެ ނިއުކްލިއަރ އިންޖީނުގެ ހުންނަ ޑިމޯނާއަށް ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އީރާނުން މިސައިލް ހަމަލާތައްދިން 5 ވަނަ ފަހަރެވެ.

MMA_Ads
HajjCop_ads
Advertisement

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަނީ ވައިގެ ތެރޭގައި މިސައިލް އެތައް ބަޔަކަށް ބެހިގެންދާތަނެވެ. އެއާއެކު، ބާރުގަދަ ގޮވުންތަކެއް ގޮވައި މުޅި ސަރަހައްދު އަލިފާންގުޅައަކަށް ބަދަލުވެއެވެ.

ހަމަލާގެ ފަހުން އިސްރާއީލުގެ އިމަޖެންސީ ފަރާތްތަކުން ބުނެފައިވަނީ، އީރާނުން ދިން މިސައިލް ހަމަލާތަކުގައި 20 މީހުން ޒަޚަމްވި ކަމަށެވެ. އެހެން ބައެއް ރިޕޯޓްތައް ބުނަނީ 39 މީހުން ޒަޚަމްވި ކަމަށެވެ.

އެމެރިކާއާއި އިސްރާއީލުން މއީރާނުގެ ނަޓާންޒް ނިއުކްލިއަރ ފެސިލިޓީއަށް ހޮނިހިރު ދުވަހުގެ ހެނދުނު ހަމަލާދިން ނަމަވެސް، އެތަނުން ރޭޑިއޯއެކްޓިވް ލީކްވެފައި ނުވާ ކަމަށާއި، އަދި ކައިރި ހިސާބުތަކުގައި އުޅޭ އާންމުންނަށްވެސް އެއްވެސް ނުރައްކަލެއް ކުރިމަތިވެފައި ނުވާ ކަމަށް އީރާނުން ބުނެފައި ވެއެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގެ ރައްދުގައި އީރާނުން މިހާރުވެސް ގެންދަނީ އިސްރާއީލަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އީރާނުގެ ހަމަލާތަކުގައި އިސްރާއީލުގެ އެކި ހިސާބުތަކުން އެތައް އިމާރާތެއް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯތައްވެސް އާންމުވަމުން އެބަ ދެއެވެ.

އިސްރާއީލުގެ މެދުތެރެއިން ތެލް އަވީވަށާއި، އެހެން ހިސާބުތަކަށް އީރާނުން ހަމަލާދެމުން ގެންދާއިރު، ލުބުނާނުގެ ހިޒްބުﷲ އިން ގެންދަނީ އިސްރާއީލުގެ އުތުރަށް ވަރުގަދައަށް ރޮކެޓް ހަމަލާތައް ދެމުންނެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MMA_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ސިފައިން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި، އީރާނުގެ ރައްދު އަންނާނެގޮތެއް އަދި ނޭނގޭ

ބައިތު ޔަހޫންއަށް ވަދެގަންނަން އުޅުނު އިސްރާއީލު ސިފައިންގެ އެކަކު މަރާލައި އެތައްބަޔަކު ޒަޚަމްކޮށްލައިފި

އެމެރިކާއިން ޑިމާންޑްކުރިޔަސް ލުބުނާނުން ސިފައިން ނުލާބާނަން: އިސްރާއީލު ޑިފެންސް މިނިސްޓަރު

އީރާނުގެ ރައީސާއި ޕާކިސްތާނުގެ ބޮޑުވަޒީރު ބައްދަލުކުރައްވައިފި، އީރާނުގެ ރައީސަށް ޕާކިސްތާނުން ތާރީޚީ ހޫނު މަރްހަބާއެއް