ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގެމަނަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ފަށައިފި

Maldivian_Ads
STO_Ads
TTH_Ads
Advertisement

ގއ. ގެމަނަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް، ފަށާފައިވާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.

މި މަސައްކަތް ފަށާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

މި މަޝްރޫއު އަކީ ގެމަނަފުށީގެ ބޮޑެތި މަގުތަކަށް އިސްކަން ދީގެން ކުރިޔަށް ގެންދާ މަޝްރޫއު އެކެވެ. އެގޮތުން  އެރަށުގެ މައިގަނޑު  4 މަގެއް ޒަމާނީ ފެންވަރަށް ހެދުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެ މަގުތަކުގެ އީއައިއޭ ވަނީ ހަދާފައެވެ.

HajjCop_ads
Advertisement

މީގެ އިތުރުން މަގުތަކުގައި ފެންބޮޑުވުން ކޮންޓްރޯލްކޮށް ފެން ހިންދުމަށް ބޭނުންވާ ނިޒާމެއް މި މަޝްރޫއުގެތެރެއިން ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ގެމަނަފުށީގެ މަގު ހެދުމުގެ މަސައްކަތްތައް ކުރިޔަށްދަނީ– ފޮޓޯ، އާރުޑީސީ

މި މަޝްރޫޢުގެ  ޖުމްލަ  އަގަކީ 76,166,435.47 ރުފިޔާއެވެ.

ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެއްވެސް ރަށެއްގައި ތާރުއަޅައިގެން މަގުތައް ތަރައްޤީ ކުރަން މަޖުބޫރު ނުކުރައްވާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެއެވެ. އޭގެ ބަދަލުގައި ލޯކަލް ޓޫރިޒަމް ހިންގަމުންދާ ރަށްރަށުގައި ވެލި މަގުތައް ބޭއްވުމަށްފަހު ފެންބޮޑުވުން ފަދަ މައްސަލަތައް ޙައްލު ކުރުމަށް ބޭނުންވާ ވެހިކަލްތަކާއި، މަގު މަރާމާތު ކުރުމަށް ބޭނުންވާ އާލާތްތައް ހޯދައިދިނުމަށް ބައެއް ކައުންސިލްތަކުން ހުށަހަޅުއްވަމުން އަންނަކަމަށްވެސް  ސަރުކާރުންވިދާޅުވެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2025 11 22 at 20.05.47 (1)

އާރުޑީސީއާ ޙަވާލުކޮށްފައިވާ ސިއްޙީ ދާއިރާގެ މަޝްރޫޢުތައް އެމްޓީސީސީގެ ދަށަށް!

10 ރަށެއްގައި އެގްރޯފޮރެސްޓްރީ ދަނޑުތައް ޤާއިމުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި

ގެމަނަފުށި ކައުންސިލުން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

ތިމަރަފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި