ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރަމްޕްގެ އައު ވާހަކަތަކެއް؛ މަގްސަދު ހާސިލްވަމުންދާތީ ހަނގުރާމަ ހުއްޓާލަން ވިސްނާކަމަށް ބުނެފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
STO_Ads
TTH_Ads
Advertisement

އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ހަނގުރާމައާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް އައު ވާހަކަތަކެއް ދައްކައިފިއެވެ.

ޓްރަމްޕްގެ އަމިއްލަ ޓުރުތު ސޯޝަލްގައި ޕޯސްޓްކުރި ބަޔާނެއްގައި ބުނެފައިވަނީ، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ވިސްނަމުން ގެންދާ ކަމަށެވެ.

ޓްރަމްޕް ބުނެފައިވަނީ، އެމެރިކާއިން އީރާނަށް ހަމަލާ ދެމުންގެންދާ މަގްސަދު ހާސިލްވުމާ ވަރަށް ގާތަށް ދެވިފައިވާ ކަމަށާއި، އެހެންކަމުން، ހަމަލާތައް މަޑުޖައްސަމުންގޮސް ހުއްޓުމަކަށް ގެނައުމަށް މިހާރު ވިސްނަމުން ގެންދާ ކަމަށެވެ.

MMA_Ads
HajjCop_ads
Advertisement

ޓްރަމްޕްގެ ބަޔާނުގައި، އެމެރިކާއަކީ ހޮރްމޫޒް ކަނޑުއޮޅި ބޭނުންކުރާ ގައުމެއް ނޫން ކަމަށް ބުނެފައި ވެއެވެ. އަދި އޭނާ ގަބޫލުކުރާ ގޮތުގައި ހޮރްމޫޒް ގާޑުކޮށް ބެލެހެއްޓުމަކީ އެ ކަނޑުއޮޅި ބޭނުންކުރާ ގައުމުތަކުގެ ޒިންމާއެއް ކަމަށް ދެކޭ ކަމަށްވެސް ބުނެފައި ވެއެވެ.

ގައުމުތަކުން އެދިއްޖެނަމަ ހޮރްމޫޒު ބެލެހެއްޓުމުގައި އެމެރިކާއިން އެހީތެރިވާނޭ ކަމަށާއި، އެކަމަކު، އީރާނުގެ ފަރާތުން ހޮރްމޫޒަށް ކުރިމަތިވާ ނުރައްކާތައް ނައްތާލެވުމުން އެ ކަނޑުއޮޅި ބެލެހެއްޓުމުގެ ބޭނުމެއް ނޯންނާނެ ކަމަށްވެސް ޓްރަމްޕް ބުނެފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެމެރިކާއިން މިހާރު ގެންދަނީ ހޮރްމޫޒު ކަނޑުއޮޅީގެ ކޮންޓްރޯލް ނަގާނެ ގޮތެއް ރާވައި، އެކަން ތަންފީޒު ކުރުމަށް ތައްޔާރުވަމުންނެވެ. އެމެރިކާއިން ސަރަހައްދަށް އިތުރު އެތައްހާސް ސިފައިންނާއި ހަތިޔާރު ޖަމާކުރަމުން ގެންދަނީވެސް އެ ބޭނުމުގައި ކަމަށާއި، ބޮޑުކަމެއް ވަރަށް އަވަހަށް ހިނގާން އުޅޭކަމުގެ ނިޝާންތައް ފެންނަމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ.

އީރާނަށް ހަމަލާދީ ހޮރްމޫޒުގެ ކޮންޓްރޯލް އެމެރިކާއިން ނަގާނޭގޮތެއް އަދި ނޭނގެއެވެ. ކުރިން ފޮނުވި އެމެރިކާ ސިފައިންނަށް ހޮރްމޫޒާ ގާތަށްވެސް ނުދެވުނެވެ.

ހޮރްމޫޒު ކަނޑުއޮޅި ހިފުމަށް އެމެރިކާގެ ރައީސް ޓްރަމްޕް، މަނަވަރުތައް ފޮނުވައިގެންދޭން އެމެރިކާގެ ބައިވެރިންނަށް ގޮވާލުމުން ގައުމުތަކުން އެދެވޭ އިޖާބައެއް ދީފައި ނުވާތީ ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ނުރުހުންވެސް ވެފައެވެ.

ނޭޓޯއިންވެސް ޓްރަމްޕްގެ ގޮވާލުމަށް އިޖާބަ ނުދިނުމުން ނޭޓޯއަށް ނިސްބަތްކޮށް ޓްރަމްޕް ބުނެފައިވަނީ، ނޭޓޯއަކީ “ފިނޑިބައެއް” ކަމަށެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MMA_Ads
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

1 1234
ގައުމުތަކުގެ ރައިސުން ވަގައްނަގާ މީހަކު ބުނާގޮތް ހަދާކަށް ނުޖެހޭނެ..

ގުޅުންހުރި

އެމެރިކާ ސިފައިން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި، އީރާނުގެ ރައްދު އަންނާނެގޮތެއް އަދި ނޭނގޭ

ބިންހެލުންތަކުގައި ވެނެޒުއެލާއިން މަރުވި މީހުންގެ އަދަދު 589 އަށް އަރައިފި

އެމެރިކާއިން ޑިމާންޑްކުރިޔަސް ލުބުނާނުން ސިފައިން ނުލާބާނަން: އިސްރާއީލު ޑިފެންސް މިނިސްޓަރު

އީރާނުގެ ރައީސާއި ޕާކިސްތާނުގެ ބޮޑުވަޒީރު ބައްދަލުކުރައްވައިފި، އީރާނުގެ ރައީސަށް ޕާކިސްތާނުން ތާރީޚީ ހޫނު މަރްހަބާއެއް