ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރ. މީދޫގައި އިމާރާތްކުރާ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފަށައިފި

STO_Ads
TTH_Ads
Advertisement

ރ. މީދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މީދޫގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ނާޡިމް އިބްރާހީމްއެވެ.

މި ރަސްމިއްޔާތުގައި މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ޒާހިރު އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް ވެސް ބައިވެރިވެވަޑައިގަތެވެ.

MMA_Ads
HajjCop_ads
Advertisement

މީދޫގެ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތަކީ ނިމިދިޔަ ސަރުކާރުން އެކި ފަހަރުމަތިން ފަށާނެކަމަށް ބުނެފައިވާ މަސައްކަތެކެވެ. ނަމަވެސް، އެކި އަހަރުމަތިން ބަޖެޓު ކުރިނަމަވެސް އެ މަސައްކަތް ފަށާފައެއް ނުވެއެވެ. މި މަޝްރޫޢުގެ މަސައްކަތްކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

ގިނަ ދުވަސްތަކެއްވަންދެން ކުރިއަށްނުގޮސް އޮތް މީދޫގެ ހޮސްޕިޓަލްގެ މަސައްކަތްތައް ފައްޓަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވީ 2024 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި އެރަށަށް ކުރެއްވި ދަތުރުފުޅުގައެވެ.

ރަށްރަށުގައި ހުއްޓިފައި ހުރި މަޝްރޫޢުތައް އަލުން ފަށައި، ހަލުއި ދުވެލީގައި ނިންމުމަށްޓަކައި އަދުގެ ސަރުކާރުން އަންނަނީ މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

nazim

ރައީސް ޑރ. މުޢިއްޒަކީ ޤައުމު އިސްކުރުމުގައި ނަމޫނާ ދައްކަވާ ހަރުދަނާ ސިޔާސީ ލީޑަރެއް: ނާޒިމް

election

މީދޫ ކައުންސިލް ރައީސް ހޮވުން: ވޯޓާސް ލިސްޓުގައި ސޮއިކުރުން މިއަދު

election

ދ. މީދޫ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ އިތުރު ބުރުގެ ވޯޓުލުން އަންނަ މަހު 13ގައި

439630 3 b326d28501d2886bbe25730cd430c0be6a8e3d8f

ވޯޓެއް ބާޠިލުވެ މީދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރި ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވެއްޖެ