ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އާންމު ދަތުރުފަތުރަށް ވިއްކާ ތެލުގެ އަގު އެސްޓީއޯ އިން ހެޔޮކޮށްފި

Iu
TTH_Ads
Maldivian_Ads
STO_Ads
Advertisement

އާންމު ދަތުރުފަތުރާއި ޕަބްލިކް ފެރީގެ ހިދުމަތް ދޭ ފަރާތްތަކަށް ކުރިން ވެސް ކަނޑައަޅާފައިވާ އަގުތަކުގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު އެސްޓީއޯ އިން ހަމަޖައްސައިފިއެވެ.

އަމިއްލަ ވިޔަފާރިތަކަށް އެސްޓީއޯ އިން ވިއްކާ ތެލުގެ އަގަށް އިއްޔެ ގެނައި ބަދަލު މުރާޖައާކުރުމަށްފަހު އެސްޓީއޯއިން މިރޭ  ނެރުނު ބަޔާނެއްގައި ވަނީ  ސަރުކާރުން މަސްވެރިންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ‘ފަހިހަކަތަ’ ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދީފައިވާ އަގުތަކެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ކުރިއެކޭ ވެސް އެއްގޮތަށް މިހާރު ދެމިއޮންނާނެ ކަމަށެވެ.

“މާލެ ސަރަހައްދުގައި ހުންނަ އެފްއެސްއެމްގެ ފިއުލް ޝެޑްތަކުން ތެޔޮ ވިއްކާ އަގަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އަދި އަތޮޅުތެރޭގައި އެސްޓީއޯ އިން ތެޔޮ ގަނެގެން ޝެޑްތައް ހިންގާ ފަރާތްތަކަށް ވެސް ކުރީގެ އަގުތަކުގައި ތެޔޮ ލިބޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ،” އެސްޓީއޯ އިން ނެރުނު ބަޔާނުގައިވެއެވެ.

HajjCop_ads
Advertisement

އެސްޓީއޯ އިން ބުނީ، މިއީ އާންމު ރައްޔިތުންނަށް މާލީ ގޮތުން އިތުރު ތަކުލީފެއް ކުރިމަތިނުވާނެހެން ޕެޓްރޯލާއި ޑީސަލް ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅުތަކެއް ކަމަށެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ޑީސަލުގެ އަގު އަންނަނީ އިންތިހާ އަށް ބޮޑުވަމުންނެވެ. މިކަމުގެ ސަބަބުން އާދަޔާ ޚިލާފަށް ރާއްޖޭގައި ތެލުގެ އަގު ބޮޑުވިޔަނުދީ ހިފެހެއްޓުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HBa38dCbcAIBKjj

އަސާސީ 80 ބާވަތެއް އެސްޓީއޯ މެދުވެރިކޮށް އަތޮޅުތަކަށް ފޯރުކޮށްދޭން ފަށައިފި

Big

“އަމުލް” ބްރޭންޑްގެ ކިރުގެ އުފެއްދުންތައް އެސްޓީއޯއިން ތަޢާރަފުކޮށްފި

ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި އެސްޓީއޯ އިން ބައިވެރިވެއްޖެ

މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި އެސްޓީއޯއިން ބައިވެރިވެއްޖެ