ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހދ. އަތޮޅުގެ ކެމްޕޭން ޖަގަހަ ހުޅުވައިފި

TTH_Ads
Maldivian_Ads
STO_Ads
Advertisement

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އައްޑޫ ސިޓީގެ ކެމްޕޭނަށް ޚާއްޞަ ޖަގަހައެއް މާލޭގައި ހުޅުވައިފި އެވެ.

ކެމްޕޭން ޖަގަހަ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޒު ހުސެއިން މުހައްމަދު ލަތީފެވެ. މި ޖަގަހަ ޤާއިމުކުރީ އިރުދޭމާ ހިނގުމުގައި ހުންނަ ހ.އޮއިސްޓަރ ގައެވެ.

މިރޭގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އަރިހުގައި، ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން އަދި ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވި އެވެ. ޚާއްޞަކޮށް، ހދ. އަތޮޅުގެ އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

HajjCop_ads
Advertisement

ޖަގަހަ ހުޅުވުމުގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޒު ހުސެއިން މުހައްމަދު ލަތީފާއި، ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ކޮންގްރެސް ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު މުހައްމަދު އިސްމާއީލާއި، އިގްތިސާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ހުސެއިން ޒާހިރާއި، ހދ. ނާވައިދޫ ކައުންސިލުގެ ރައީސް އަލީ ރަޝީދާއި، ހދ. ވައިކަރަދޫ ކައުންސިލް މެމްބަރު ކަމަށް ވާދަކުރައްވާ ހުދާ މުހައްމަދު ވާހަކަދައްކަވާފައިވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

high court

ކައުންސިލް އިންތިޚާބާ ގުޅޭ 2 މައްސަލައެއް ހައިކޯޓުން ބަލައި ނުގަތް

PNC

ދާއިމީ ނަތީޖާ: އެއްމެގިނަ ގޮނޑި ޕީއެންސީއަށް، 584 ގޮނޑި

Big tkaqua9heab6zthfms1rjk8sd

ދ. މީދޫ ކައުންސިލްގެ ރައީސްގެ ވޯޓުގެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފި

election commission

އިލެކްޝަންސް ކޮމިޝަންގެ އިލްތިމާސް: ވީހާވެސް ގިނަ ބަޔަކު ވޯޓުލުމަށް ނިކުމޭ!