ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބަންޑާރަ މިސްކިތާއި ގުޅޭގޮތުން ރައްޔިތުންގެ މަޝްވަރާ ހޯދާނެ: ޑރ. ޝަހީމް

Shaheem
Maldivian_Ads
STO_Ads
TTH_Ads
Advertisement

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކަންކަން ކުރާނީ ރައްޔިތުންގެ އަޑުއެހުމަށް ފަހުކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ބަންޑާރަ މިސްކިތް ތަޅާލުމަށްފަހު އެތަނުގައި އައު މިސްކިތެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށް އިއުލާން ކުރުމުން ޢާންމު ބައެއް ފަރާތްތަކުން ފާޅުކުރި ޝުއޫރާއި ގުޅިގެންނެވެ.

ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ ބަންޑާރަ މިސްކިތަކީ އާސާރީ މިސްކިތެއް ކަމަށެވެ. އެހެންކަމުން އެ މިސްކިތް ނައްތާލުމަކީ، ކޮށްގެންވާނެ ކަމެއްނޫން ކަމަށެވެ.

HajjCop_ads
Advertisement

މިކަމާއި ގުޅޭގޮތުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ބަންޑާރަ މިސްކިތަކީ ރާއްޖޭގެ އާސާރީ ތަރިކައިގެ މިސްކިތްތަކުގެ ތެރޭގައި ހިމަނާފަ އޮތް މިސްކިތެއް ނޫން ކަމަށެވެ. އެތަނުގައި ބޮޑު މިސްކިތެއް އިމާރާތް ކުރަން ޤަސްތު ކުރީ، އެހެން ވެގެން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ބަންޑާރަ މިސްކިތަކީ ރާއްޖޭގެ އާސާރީ ތަރިކައިގެ މިސްކިތްތަކުގެ ތެރޭގައި ހިމެނާފަ އޮންނަ މިސްކިތެއްނޫންވީމާ އެތަނުގައި ބޮޑު މިސްކިތެއް ބިނާކުރަން ޤަސްތުކުރީ. މިނިސްޓްރީން ކަންކަން ކުރާނީ ރައްޔިތުންގެ އަޑުއަހާފަ. އެއާ އެއްގޮތަށް. އާ މިސްކިތެއް ބިނާކުރުމާމެދު ފުޅާ ދާއިރާއެއްގައި… pic.twitter.com/oFCHsuRb0v

— Mohamed Shaheem Ali Saeed (@Mohamedshaheem1) March 6, 2026
ވަޒީރު ވިދާޅުވީ، އެ ވުޒާރާއިން ކަންކަން ކުރާނީ ރައްޔިތުންގެ އަޑުއެހުމަށްފަހު އެއާއި އެއްގޮތަށް ކަމަށެވެ. އައު މިސްކިތެއް ބިނާ ކުރުމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ބޭނުންވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މާލޭ ބަންޑާރަ މިސްކިތާއި، ޒިކުރާ މިސްކިތް ހުރި ބިމުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމަށް ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިއުލާން ކުރެއްވީ، މިއަދުއެވެ.

މާލެ ސަރަހައްދުގެ މިސްކިތްތަކުގެ ޖާގަ އިތުރުކޮށް އައު މިސްކިތްތައް އެޅުމުގެ މަސައްކަތް ކުރަމުންދާއިރު، ބަންޑާރަ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމުގެ މަސައްކަތް ރަމަޟާން މަހަށްފަހު ފެށިގެންދާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި އެކަމަށް ބޭނުންވާ އެހީތެރިކަން ދީލަތި ފަރާތަކުން ހަމަޖެހިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

A Ahmed naseer
Ikhlaasthwei hithakaigen masahkaykurahwaanama furathama es hoadheveehee rahyithunge laafa Ewaahaka widhaalhuwaan English eves rahyithun su Ooru faalhukuran fesheema.

ގުޅުންހުރި

88887

ބަންޑާރަ މިސްކިތް ތަޅާލައި ޒަމާނީ ފެންވަރުގެ މިސްކިތެއް އަޅަނީ