ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސޫރިޔާ ތެރެއިންލާފައި ލުބުނާނަށް ވަދެގަތް އިސްތިއުމާރީ ސިފައިންގެ އެތައްބަޔަކު މަރާލައިފި

ހިޒްބުﷲ މުޖާހިދުން ދުޝްމަނުންގެ ހެލިކޮޕްޓަރުތަކަށް ހަމަލާދެނީ:
STO_Ads
TTH_Ads
Advertisement

ސޫރިޔާ ތެރެއިންލާފައި އެއްގަމުމަގުން ލުބުނާނު ތެރެއަށް ވަދެގަތް އިސްތިއުމާރީ ސިފައިންގެ ގްރޫޕަކަށް ހިޒްބުﷲ މުޖާހިދުން ކުއްލި ހަމަލާތަކެއްދީ އެތައްބަޔަކު މަރާލައިފިއެވެ.

ސޫރިޔާއަށް ވައިގެމަގުން ދިއުމަށްފަހު އިސްތިއުމާރީ ސިފައިން ލުބުނާނުގެ ތެރެއަށް ވަދެގަތީ ލުބުނާނުގެ ބެކާ ވާދީ ސަރަހައްދަށެވެ.

ބައެއް ރިޕޯޓްތައް ބުނަނީ، އިސްތިއުމާރީ ސިފައިން ސޫރިޔާއަށް ދިއުމަށްފަހު ލުބުނާނުގެ ބެކާ ވާދީއަށް ފައިބަން އުޅުނީ ވައިކުޑައިގައި ކަމަށެވެ.

HajjCop_ads
MMA_Ads
Advertisement

ހިޒްބުﷲ މުޖާހިދުން ވަނީ އިސްތިއުމާރީ ސިފައިންގެ މުޅި ގްރޫޕް ވަށާލައި، ކުއްލި އަދި ވަރުގަދަ ހަމަލާތަކެއް ދިފައެވެ.

މުޖާހިދުން ހަމަލާ ދޭން ފެށުމުން އިސްތިއުމާރީ ސިފައިން މަސައްކަތް ކުރީ އެ ސަރަހައްދުން އަވަހަށް ފިލުމަށެވެ.

ނަމަވެސް، އެމީހުން ބަލައި އެ ސަރަހައްދަށް އައި އިސްރާއީލު އަސްކަރިއްޔާގެ އެތައް ހެލިކޮޕްޓަރަކަށްވެސް ހިޒްބުﷲ މުޖާހިދުން ހަމަލާތައް ދޭން ފެށީއެވެ.

އެ ސަރަހައްދުގެ ވައިގެތެރޭގައި އެތައް ހެލިކޮޕްޓަރެއް އުދުހެމުންދާ މަންޒަރާއި، މުޖާހިދުންގެ ހަމަލާތަކުގެ މަންޒަރުތައް ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

ހިޒްބުﷲއިން ދިން ހަމަލާތަކުގައި އިސްތިއުމާރީ އެތައް ސިފައިން މަރުވެ އެތައްބަޔަކު ޒަޚަމްވި ކަމަށްވެސް މިވަގުތު ލިބެމުންދާ ރިޕޯޓްތައް ބުނެއެވެ. އަދި އިސްރާއީލު އެތައް ސިފައިން ހައްޔަރު ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދެ ފަރާތުން މިހާރުވެސް ހަމަލާތައް ބަދަލުކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިސްތިއުމާރީ ސިފައިން ވަށާލައި އެމީހުންނަށް ހަމަލާދިނީ ހިޒްބުﷲގެ ރަދްވާން ފައުޖުން ކަމަށް ވެއެވެ.

އިސްތިއުމާރީ އަސްކަރިއްޔާއިން މިހާރުވެސް ގެންދަނީ ލުބުނާނުގެ ވެރިރަށް ބެއިރޫތަށާއި، ލުބުނާނުގެ ދެކުނާއި އަދި އެހެން ހިސާބުތަކަށްވެސް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުންނެވެ.

މި ހަމަލާތަކުގައި ލުބުނާނުން އެތައް އާންމުން މަރުވެފައި ވެއެވެ.

އަދި ލުބުނާނުގެ ދެކުނުގައި ގާއިމްތިބި އިސްތިއުމާރީ ސިފައިން ކުރިއަށްޖެހި ލުބުނާނުގެ ދެކުނުގެ އިތުރު ސަރަހައްދުތައް ހިފުމަށް އިސްތިއުމާރީ އިސްރާއީލުގެ ސިފައިންގެ ވެރިޔާވަނީ އަމުރު ކޮށްފައެވެ.

އޭނާގެ އަމުރަށް އިސްތިއުމާރީ ސިފައިން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ލުބުނާނުގެ އިތުރު ބިންތައް ހިފައި، އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެންދިއުމަށެވެ. މި މަސައްކަތުގެ ދަށުން ލުބުނާނުގެ ދެކުނުގެ އެތައް ހިސާބަކުން އާންމުން ފައިބައިގެން ދިއުމަށް އިންޒާރުތައްވެސް ނެރެފައި ވެއެވެ.

ނަމަވެސް، ހިޒްބުﷲ  މުޖާހިދުން ގެންދަނީ ދުޝްމަނުން ކުރިއެރިޔަ ނުދިނުމަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އަދި އިސްރާއީލުގެ ތެރޭގައި ހުރި އިސްތިއުމާރީ އަސްކަރިއްޔާގެ ޕޯސްޓްތަކާއި، މަރުކަޒުތަކާއި އަދި ލުބުނާނު ތެރޭގައި ތިބި އިސްތިއުމާރީ ސިފައިންނަށްވެސް ރޮކެޓާއި މިސައިލުން ގެންދަނީ ހަމަލާތައް ދެމުންނެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުގެ އިންޒާރު އިސްރާއީލާއި އެމެރިކާއަށް: ލުބުނާނަށްދޭ ހަމަލާތައް ނުހުއްޓައިފިނަމަ ނަތީޖާ ވަރަށް ގޯސްވާނެ

އެއްބަސްވުން ހެދިއްޖެ، އީރާނުގެ ބްލޮކޭޑް ވަގުތުން އުވާލަން ސިފައިންނަށް އަންގައިފިން: ޓްރަމްޕް

މަސްރަހް ވަރަށް ނުތަނަވަސް: އެންމެން އިންތިޒާރުކުރަނީ އީރާނުން އިސްރާއީލަށް ހަމަލާދޭން ފަށާނެ ވަގުތަކަށް

ހިޒްބުﷲއިން އިސްތިއުމާރީ ސިފައިންނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމުން “އެއްބަސްވުމޭ” ގޮވަން ފަށައިފި