ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒިކުރާ މިސްކިތުގެ ބިންގާ އެޅުން ރަމަޟާން މަހުގެ 27 ވަނަ ވިލޭރޭ އޮންނާނެ: ޝަހީމް

767
STO_Ads
TTH_Ads
Maldivian_Ads
Advertisement

މާލޭގެ ޒިކުރާ މިސްކިތުގެ ބިމުގައި ހަދާފައިވާ ވަގުތީ އިމާރާތް ތަޅާލައި އެ ބިމުގައި އަޅާ ޒަމާނީ ފެންވަރުގެ މިސްކިތުގެ ބިންގާ މި ރަމަޟާން މަހުގެ 27 ވިލޭރޭ އެޅުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް ހުޅުވައި ބޭނުން ކުރަން ފެށީ 2021 ވަނަ އަހަރުއެވެ. އެ މިސްކިތް ހުރި ސަރަހައްދަކީ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ސަރަހައްދެކެވެ. އެ މިސްކިތުގައި ގިނަ ބަޔަކަށް ނަމާދު ކުރެވޭނެ އެކަށީގެންވާ ޖާގައެއް ނެތެވެ.

ޝަހީމް ވިދާޅުވީ އެ ބިމުގައި މިސްކިތެއް އެޅުމަށްޓަކައި މި ރޯދަ މަހުގެ 27 ވިލޭރޭ ބިންގާ އަޅުމަށް މިސްކިތް އެޅުމަށް އެހީދިން މީހުން އެދިފައިވާ ކަމަށެވެ.

HajjCop_ads
Advertisement

ރޯދަ މަސް ނިމުމުން ވަގުތީ މިސްކިތް ތަޅާލުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތްކުރަން އެސްޖޭ ކޮންސްޓްރަކްޝަނާ 2018 ވަނަ އަހަރު މަސައްކަތް ހަވާލުކުރިއެވެ. އެ މިސްކިތް އެޅުމަށް އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އެތައް މިލިއަން ރުފިޔާ ދިންނަމަވެސް މިސްކިތް އަޅާފައެއްނުވެއެވެ. އެހެންވެ، އެ ފައިސާ ހޯދަން މިދިޔަ ސަރުކާރުން ކޯޓަށް ދިޔުމުން އެސްޖޭގެ އެދުމުގެމަތިން ކޯޓުން ބޭރުން ވަނީ މައްސަލަ ހައްލުކޮށްފައެވެ.

މައްސަލަ ހައްލުކުރީ އެ ފައިސާ ދިނުމުގެ ބަދަލުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިސްކިތެއް އެޅުމަށް އެއްބަސްވެގެންނެވެ. ނަމަވެސް ހުޅުމާލޭގައި އިމާރާތްކުރަން ފެށި މިސްކިތުގެ މަސައްކަތް އެސްޖޭއިން ހުއްޓާލިތާ އެތައް އަހަރެއް ވެއްޖެއެވެ.

އޭގެފަހުން މި ސަރުކާރުން ވަނީ އެސްޖޭގެ އަމިއްލަ ހަރަދުގައި ޒިކުރާ މިސްކިތް އެޅުމަށް އެ ކުންފުންޏާ ހަވާލުކޮށްފައެވެ. ނަމަވެސް އެކަން ވެސް އެ ކުންފުންޏަށް ނުވިއެވެ.

އެހެންވެ އެހެންވެ ހެޔޮއެދޭ ފަރާތެއްގެ ދީލަތި އެހީގައި ޒިކުރާ މިސްކިތް އިމާރާތްކުރަން މިހާރު ހުރިހާ އިންތިޒާމެއް ވަނީ ހަމަޖައްސާފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

6177053559346631399

ދީނީ ޖަމްޢިއްޔާތަކަށް 2 އަހަރުތެރޭ 1.2 މިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައި: ވަޒީރު

ގުރުއާނުގެ ދާއިރާއިން މިހާރު ފެންނަމުންދަނީ ވަރަށް އުފާވެރި އަދި އުއްމީދީ ދުވަސްތަކެއް: ޝަހީމް

saudi

މައްކާގައި ތިބި ހުރިހާ ދިވެހިންގެ ހާލު ރަނގަޅު: ޝަހީމް

HSEdg6haoAA50X9

މިސްކިތްތަކުގައި ނަމާދުކުރާ އިމާމުންނަށް ޚާއްޞަ ހެދުމެއް ތައްޔާރުކުރަނީ!