ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިޒްބުﷲގެ ހަމަލާތައް ވަރުގަދަވެ އިސްތިއުމާރީ އަސްކަރިއްޔާގެ ފޯކަސް ލުބުނާނަށް ހުއްޓިއްޖެ

އިސްތިއުމާރީ ސިފައިން ލުބުނާނުގައި އާންމުން ދިރިއުޅޭ އަވަށްތަކަށް ބޮންއަޅަނީ:
STO_Ads
TTH_Ads
Advertisement

ލުބުނާނުގެ ހިޒްބުﷲގެ ހަމަލާތައް ވަރުގަދަވެ، އިސްތިއުމާރީ އިސްރާއީލު އަސްކަރިއްޔާގެ ފޯކަސް ލުބުނާނަށް ހުއްޓިއްޖެއެވެ.

ހިޒްބުﷲ މުޖާހިދުން ގެންދަނީ އިސްރާއީލުގެ އުތުރުގެ ރަށްތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އަދި ލުބުނާނުގެ އިމާ ގާތުގައި ހަދާފައިވާ އިސްތިއުމާރީ ސިފައިންގެ މަރުކަޒުތަކާއި، އަސްކަރީ ޕޯސްޓްތަކަށްވެސް ވަރުގަދަ ހަމަލާތަކެއް ދެމުން އެބަ ގެންދެއެވެ.

ކްފަރް ޔުވަލްގައި ހުންނަ އިސްތިއުމާރީ ސިފައިންގެ މަރުކަޒަށް ހިޒްބުﷲ މުޖާހިދުން ބުރާސްފަތި ދުވަހު ހަމަލާ ދީފައިވަނީ ގައިޑެޑް މިސައިލް ބޭނުންކޮށްގެންނެވެ.

MMA_Ads
HajjCop_ads
Advertisement

ހިޒްބުﷲއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިސައިލުން ހަމަލާދިނީ އިސްރާއީލުގެ ނަފްޓަލީ އަސްކަރީ ބޭހަށް ކަމަށެވެ.

މީގެއިތުރުން، ލުބުނާނުގެ ދެކުނަށް އަރާތިބި އިސްތިއުމާރީ ސިފައިންގެ އަސްކަރީ ވެހިކަލްތަކެއް  ޖަމާވެފައި ތިބި ތަނަކަށްވެސް ވަރުގަދަ ހަމަލާތަކެއް ދީފައިވާކަން ހިޒްބުﷲއިން ވަކިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

މި ހަމަލާގައި ޓެރަރިސްޓުންގެ އެތައް ސިފައިން މަރުވެ، އެމީހުންގެ ހަތިޔާރާއި، ތަންތަނަށް ބޮޑެތި ގެއްލުންތައް ދެވިފައިވާ ކަމަށް ހިޒްބުﷲއިން ބުނެއެވެ.

މިއީ، އިސްތިއުމާރީ ސިފައިން ލުބުނާނުގެ ސިޓީތަކަށާއި، އަވަށްތަކާއި އަދި ވެރިރަށް ބެއިރޫތުގެ ދެކުނުގެ އަވަށްތަކަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގެ ބަދަލު ހިފުމުގެގޮތުން ދެވުނު ހަމަލާތަކެއް ކަމަށް ހިޒްބުﷲއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އިސްތިއުމާރީ ޓެރަރިސްޓުން ގެންދަނީ ބެއިރޫތުގައި އާންމުން ދިރިއުޅޭ އެތައް އިމާރާތަކަށް ބޮންއަޅައި ބިމާހަމަކުރަމުންނެވެ.

ހިޒްބުﷲއިން އިސްރާއީލަށް ދެމުންގެންދާ ހަމަލާތައް އިތުރަށް ވަރުގަދަވެ، އިސްތިއުމާރީ ބާރުގެ އުތުރުގެ ހިސާބުތަކުން މީހުން ހުސްކުރަމުންދާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ހިޒްބުﷲއިން އިސްތިއުމާރީ އިސްރާއީލަށް ރޮކެޓާއި، މިސައިލުން ހަމަލާތައް ދޭން މިފެށީ، އިސްރާއީލުން ލުބުނާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމަށް ތައްޔާރު ވަމުންދަނިކޮށް އެމީހުންނަށް ވުރެން ކުރިންނެވެ.

މިކަމާހެދި އިސްތިއުމާރީ އަސްކަރިއްޔާއަށް ސިހުން ލިބިގެން ދިޔަކަމަށް ޚަބަރުތައް ބުނެއެވެ.

އިސްތިއުމާރީ އިސްރާއީލުން މިހާރު ގެންދަނީ ހިޒްބުﷲގެ ތަންތަން ކަމަށް ބުނެ ލުބުނާނުގެ ހުރިހާ ހިސާބަކަށް ބޮންއަޅަމުންނެވެ.

ހިޒްބުﷲއިން ކެނޑިނޭޅި ވަރުގަދަ ހަމަލާތަކެއް ދެމުން ގެންދިއުމާއި، އަދި އެ ހަމަލާތަކުގައި އިސްރާއީލަށް ބޮޑެތި ގެއްލުންތައް ލިބެމުންދާތީ، އިސްތިއުމާރީ އަސްކަރިއްޔާގެ ހުރިހާ ފޯކަސްއެއް މިހާރު ހުއްޓިފައިވަނީ ލުބުނާނަށް ކަމަށް ވެއެވެ.

އިސްތިއުމާރީ އަސްކަރިއްޔާގެ ޓެރަރިސްޓު ޗީފް އޮފް ސްޓާފް އިޔާލް ޒާމިރު މިހާރުވަނީ، ލުބުނާނުގެ ދެކުނަށް އަރާ ތިބި ސިފައިން ހިފައިގެންތިބި ލުބުނާނުގެ ބިމުގެ ސަރަހައްދު އިތުރަށް ފުޅާކުރުމަށް އަމުރު ކޮށްފައެވެ.

އިސްތިއުމާރީ ބާރުން ބުރާސްފަތި ދުވަހުވަނީ، ލުބުނާނުގެ ދެކުނުގެ އެތައް ރަށަކުން އާންމުން ފައިބައިގެން ދިއުމަށް އަމުރުކޮށް، އިންޒާރުދީ، މުހުލަތުވެސް ދީފައެވެ. މިކަމާހެދި، ލުބުނާނުގެ އެތައްހާސް ބަޔަކު މަގުމަތިވަމުންދާ ކަމަށް ލުބުނާނުން ބުނެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން މިހާރު ދަނީ، ލުބުނާނު – އިސްރާއީލު ވަކިކުރާ އިމަށް ހަނގުރާމައިގެ ޓޭންކާއި، އިތުރު ހަތިޔާރާއި ސިފައިންވެސް ޖަމާކުރަމުންނެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުގެ އިންޒާރު އިސްރާއީލާއި އެމެރިކާއަށް: ލުބުނާނަށްދޭ ހަމަލާތައް ނުހުއްޓައިފިނަމަ ނަތީޖާ ވަރަށް ގޯސްވާނެ

އެއްބަސްވުން ހެދިއްޖެ، އީރާނުގެ ބްލޮކޭޑް ވަގުތުން އުވާލަން ސިފައިންނަށް އަންގައިފިން: ޓްރަމްޕް

މަސްރަހް ވަރަށް ނުތަނަވަސް: އެންމެން އިންތިޒާރުކުރަނީ އީރާނުން އިސްރާއީލަށް ހަމަލާދޭން ފަށާނެ ވަގުތަކަށް

ހިޒްބުﷲއިން އިސްތިއުމާރީ ސިފައިންނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމުން “އެއްބަސްވުމޭ” ގޮވަން ފަށައިފި