ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބައިނަލްއަގުވާމީ މަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވިޒިޓް މޯލްޑިވްސް އިން ހުޅުވާލައިފި

Oo
STO_Ads
TTH_Ads
Maldivian_Ads
Advertisement

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އިން ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ “ބުރުނު ބޮމަ”އިގައި ބައިވެރިވުމަށް މިއަދު ހުޅުވާލައިފިއެވެ.

މިއީ، މި މުބާރާތް ބާއްވާ ދެވަނަ އަހަރެވެ.

މި މުބާރާތް އޮންނާނީ އަންނަ ޖޫން މަހުގެ 13ވަނަ ދުވަހުން 15ވަނަ ދުވަހުގެ ނިޔަލަށެވެ.

HajjCop_ads
Advertisement

މި މުބާރާތާ ގުޅޭގޮތުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނީ، މި މުބާރާތުގެ މަގުސަދަކީ ރާއްޖޭގެ މަސްވެރިކަމުގެ ތާރީޚާއި މުއްސަނދި ސަގާފަތް ދުނިޔެއަށް ދައްކާލުމުގެ އިތުރުން، “ހައި-ވެލިއު އެޑްވެންޗާ ޓޫރިޒަމް” ނުވަތަ އެންމެ މަތީ ފަންތީގެ ފަތުރުވެރިކަން އިޝްތިހާރުކުރުން ކަމަށެވެ.

މިދިޔަ އަހަރުގެ މުބާރާތަށްވުރެ މި އަހަރުގެ މުބާރާތް ދެގުނަ ބޮޑުވާނެ ކަމަށް، އެ ކޯޕަރޭޝަނުން ލަފާކުރެއެވެ.

މި މުބާރާތް ކުރިއަށްދާނީ ބައިނަލްއަގުވާމީ ގޭމް ފިޝިން އެސޯސިއޭޝަން (އައިއެފްޖީއޭ)ގެ މިންގަނޑުތަކާ އެއްގޮތަށް “ކެޗް އެންޑް ރިލީޒް”، ނުވަތަ މަސް ބޭނުމަށްފަހު އަލުން ކަނޑަށް ދޫކުރުމުގެ އުސޫލުތަކަށް އިސްކަންދީގެން ކަމަށް، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުންޏެވެ.

މުބާރާތުގެ ތިން ދުވަހުވެސް، ކޮންމެ ދުވަހަކު ފަތިހު 5:00އިން ފެށިގެން އިރުއޮއްސި 6:30އަށް މަސްވެރިކަމުގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށް، އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނީ، މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު ޓީމަށް 25,000 އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމު ލިބޭނެ ކަމަށާއި، “އެންމެ މޮޅު ކެޕްޓަން” އަދި “އެންމެ މޮޅު މަސްވެރިޔާ” ފަދަ ޝަރަފުވެރި މަގާމުތައް ހޮވުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތައް މިއަދުން ފެށިގެން މުބާރާތުގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން އެދެއެވެ. މުބާރާތުގައި އެއްވެސް ފީއަކާ ނުލާ ރަޖިސްޓްރީވުމުގެ ފުރުސަތު އޭޕްރިލް މަހުގެ ނިޔަލަށް ހަމަވާނެ ކަމަށާއި، އިތުރު ފީއަކާއެކު ރަޖިސްޓްރީވުމުގެ ފުރުސަތު މޭ މަހުގެ ނިޔަލަށް ހަމަވާނެ ކަމަށް، އެ ކޯޕަރޭޝަނުން ބުންޏެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Sabeeha visit Maldives

ވިޒިޓް މޯލްޑިވްސްގެ ވަގުތީ އެމްޑީގެ މަގާމަށް ސަބީހާ

88887

ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ޝިއުރީ އިސްތިއުފާ ދެއްވައިފި

Io

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ޚާއްސަ ރަސްމިއްޔާތު ރާއްޖޭގައި ބޭއްވުމަށް ނިންމައިފި

43

ރާއްޖެ އިޝްތިހާރުކުރަން މުހިންމު އެމްއޯޔޫއެއްގައި ސޮއިކޮށްފި