އޭޕްރިލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެގޭ އާންމު ވޯޓުގައި ވޯޓުލާން ރަޖިސްޓްރީ ކޮށްފައިވާ ފޮށީގެ މައުލޫމާތު އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިއަދު ހަމަވާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ރަޖިސްޓަރީ ކޮށްފައިވާ ފޮށިތަކުގެ މައުލޫމާތު އާއްމުކޮށްފައެވެ.

ފޮށީގެ މައުލޫމާތާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފައިވަނީ، 4 މާރިޗު ވާ ބުދަ ދުވަހުގެ (މިއަދުގެ) މެންދުރު ފަހު 01:30 ގެ ނިޔަލަށެވެ.

އިޝްތިހާރު އިޝްތިހާރު

ޝަކުވާ ހުށަހެޅުމަށް ހަމަޖެހިފައިވަނީ، އޮންލައިންކޮށް، އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށެވެ.

ރަޖިސްޓަރީވެފައިވާ މައުލޫމާތު ޗެކްކުރުމަށް ބޭނުންވާ ފަރާތްތަކުން VR (Space) NID ޖައްސަވައި 1414 އަސް އެސްއެމްއެސް ކުރައްވައިގެން ޗެކްކުރެވޭނެއެވެ. ނުވަތަ އެ ކޮމިޝަނުގެ ރަޖިސްޓަރޭޝަން ޕޯޓަލް pprvr.elections.gov.mv މެދުވެރިކޮށް ވެސް ބަލާލެވޭނެއެވެ.

އިންތިހާބާއި ގުޅޭ އިތުރު މައުލޫމާތެއް ބޭނުން ވާނަމަ އިލެކްޝްނސް ކޮމިޝަނުގެ ނަމްބަރު 1414 އަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެއެެވެ.