ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަނބި މީހާ މަރާލި ކަމުގެ ދައުވާ އުފުލާފައިވާ މާވިން އިސްލާމް ވެއްޖެ

78
STO_Ads

ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރާލި މައްސަލާގައި ހައްޔަރުކޮށް, ބަންދުކޮށްފައިވާ އޭނާގެ ފިރިމީހާ މާވިން ވާގަސް ޖަލުގައި ހުރެ އިސްލާމްދީން ގަބޫލުކޮށްފިއެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ އޮކްޓޫބަރު، 2021 ގައި މަރާލީ އޭނާގެ ކަރަށާއި ބޮލަށް ދިން ހަމަލާތަކެއްގައެވެ.

އެ މައްސަލާގައި މާވިންގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ދައުވާ ކުރާއިރު މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް ތުހުމަތުވާ ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާއެވެ. އެ ދެ މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

Maldivian_Ads

މާވިން އިސްލާމްދީން ގަބޫލުކޮށް، އޭނާގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ކްރިމިނަލް ކޯޓަށް މިހާރު ވަނީ އަންގައިފައެވެ.

އެ ދެ މީހުން އުޅެނީ ލޯބީގެގޮތުން ގުޅިގެންނެވެ. ބެލެވޭގޮތުގައި ލަމްހާއާ ކައިވެނިކުރަން އިސްލާމްދީން ގަބޫލުކުރީއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު