ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިނަދޫ ސިޓީ ކައުންސިލަށް ބަދަލެއް ބޭނުންވޭ: އަޖީބު

8q
STO_Ads

ތިނަދޫ ސިޓީ ކައުންސިލަށް ބަދަލެއް ބޭނުންވާ ކަމަށާއި މާޒީއަށް ވިސްނުމަށްފަހު ރަށަށް ހެޔޮ ބަދަލެއް ގެންނަން ޖެހޭ ކަމަށް ޕީއެންސީގެ ފަރާތުން ތިނަދޫ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓް މުހައްމަދު އަޖީބް ވިދާޅުވެއްޖެއެވެ.

ތިނަދޫ ސިޓީގެ މާލޭ ސަރަހައްދުގެ ކެމްޕެއިން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަޖީބް ވިދާޅުވީ މާޒީއަށް ވިސްނުމަށް ފަހު ތިނަދޫ ސިޓީއަށް ގެންނަންޖެހޭނީ ހެޔޮ ބަދަލެއް ކަމަށެވެ.

“އެ ބަދަލު ވެގެންނުވާނެ މާޒީ އިޔާދަވެގެންދާނެ ބަދަލަކަށް. ތަފާތު ބަދަލަކަށް ވާންޖެހޭނެ. މީގެކުރިން ތިނަދޫގައި ތަކުރާރުވަމުން އައިސްފައި އޮތް ނޭއްގާނީކަން ތިނަދޫ ސިޓީގެ ކައުންސިލުން އެބަޖެހޭ ބަދަލުކުރަން. މިހާރު އޮތް ކައުންސިލުން ގަބޫލުކުރަނީ މީގެކުރިން ރާއްޖޭގައި ހެދިފައިނުވާ އަމިއްލަ ގާނޫނަކާއި ގަވައިދެއް. އަދި ސަރުކާރުގެ މުވައްސަސާތަކަށްވެސް މިހާރު އޮތް ކައުންސިލުން އެއްބާރުލުން ނުދޭ.” އަޖީބު ވިދާޅުވިއެވެ.

Maldivian_Ads

މޭޔަރު ކަމަށް އިންތިހާބުވެއްޖެނަމަ، ތިނަދޫ ސިޓީއަކީ އިގްތިސާދީ ގޮތުން ބާރުވެރި ތަނަކަށް ހައްދަވާނެކަމަށް ވެސް އަޖީބު ވިދާޅުވިއެވެ.

މީގެއިތުރުން ތިނަދޫގެ ރައްޔިތުންނަށް އާމްދަނީ ލިބޭނެ ގޮތްތަކެއް ވެސް ފަހިކޮށްދެއްވާނެ ކަމަށް އަޖީބު ވިދާޅުވިއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ތިނަދޫ ސިޓީގައި ނަފްސާނީ ބަލިތަކަށް ޚާއްސަ ކްލިނިކެއް މިއަހަރު ހުޅުވަނީ

WhatsApp Image 2026 03 26 at 13.32.37

ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

މެޑަމް ސާޖިދާ ތިނަދޫ ސިޓީއަށް ވަޑައިގެންފި

HB BJQIboAAlePz

ތިނަދޫ ސިޓީގެ މަގުހެދުމުގެ ތިންވަނަ ފިޔަވަހި އާރުޑީސީއަށް