ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފޭސް 1 ގައި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އައު ފިހާރައެއް ހުޅުވައިފި

Uhu 750x375
Maldivian_Ads
STO_Ads
TTH_Ads
Advertisement

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު މުދާ ފޯރުކޮށްދިނުމަށްޓަކައި، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އައު ފިހާރައެއް ހުޅުމާލޭ ފޭސް 1 ގައި ހުޅުވައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ފިހާރަ ހުޅުއްވައިދެއްވީ، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. މި ފިހާރަ ހުންނާނީ ހުޅުމާލޭ ރީތިގަސް މަގުގައި ހުންނަ ރެއިން ކޮރަލް ރެޒިޑެންސްގައެވެ.
އެސްޓީއޯއިން މަޢުލޫމާތު ދޭ ގޮތުގައި، މި ފިހާރަ ހުޅުވުމުގެ މައިގަނޑު މަޤްޞަދަކީ ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދާ ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މި އައުޓްލެޓާއެކު، މާލޭގެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ލިބޭ ގިނަ ބާވަތްތަކެއް ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށްވެސް ފަސޭހައިން ލިބިގެންދާނެއެވެ.

އެގޮތުން، އެސްޓީއޯއިން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އަލަށް އިތުރުކުރި 23 ބާވަތެއް މި ފިހާރައިން ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ. އަދި ކުރިއަށް އޮތްތަނުގައި ހުޅުމާލޭގެ ވިޔަފާރިވެރިންނަށް ހޯލްސޭލްކޮށް ތަކެތި ދޫކުރުމުގެ އިންތިޒާމުވެސް މި ފިހާރައިގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

HajjCop_ads
Advertisement

މީގެއިތުރުން، އެސްޓީއޯއިން އެތެރެކޮށް ވިއްކާ މަޝްހޫރު ބްރޭންޑްތަކުގެ އުފެއްދުންތަކާއި، ހިޓާޗީ، އެލްޖީ އަދި ފިލިޕްސް ބްރޭންޑުގެ ހޯމް އިމްޕްރޫވްމެންޓް ސާމާނުތައްވެސް މި ފިހާރައިން ލިބެން ހުންނާނެއެވެ.

އެސްޓީއޯއިން އިތުރަށް ބުނެފައިވަނީ، މި ފިހާރައަކީ ރަމަޟާން މަހާ ދިމާކޮށް ހުޅުވި ފިހާރައެއް ނަމަވެސް، މިއީ ދާއިމީކޮށް ހުޅުވިފައި ހުންނާނެ ފިހާރައެއް ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް މި ފިހާރައިގެ ޚިދުމަތް އާއްމުންނަށް ލިބެމުންދާނެ ކަމަށެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

B 202608300414381788088478.8475

އިންޖިނިއަރިން ދާއިރާއިން ހާއްސަ ދެ ސްކޮލާޝިޕް އެސްޓީއޯއިން ތައާރަފުކޮށްފި

6745be31 9f7b 4135 ae94 f9cffbfef23b

އިންޖީނިއަރުންގެ ދުވަސް ފާހަގަކުރުމަށް އެސްޓީއޯއިން ދަރިވަރުންނަށް ޚާއްޞަ ހަރަކާތްތަކެއް

Hassan

ފިހާރަތަކުން ބިސް ވިއްކުން ކޮންޓްރޯލް ކުރަނީ، އެކަމަކު ބޭނުންވަރަކަށް އެސްޓީއޯއިން ލިބޭ!

ސަޅިއޭ މަކީޓާ: އެސްޓީއޯގެ ޕްރޮމޯޝަން ފަށައިފި