މަނީ ޗޭންޖިންގ ވިޔަފާރިއާބެހޭ ގަވާއިދާ ޚިލާފުވުމުގެ ސަބަބުން ފައިސާ މާރުކުރުމުގެ ޚިދުމަތްދޭ ކުންފުންޏެއްގެ ލައިސަންސް ހިފަހައްޓާ ޖޫރިމަނާކޮށްފި އެވެ.

މަރުކަޒީ ބެންކުން މިރޭ ބުނީ މަނީ ޗޭންޖިންގ ވިޔަފާރިއާބެހޭ ގަވާއިދާ ޚިލާފުވުމުގެ ސަބަބުން އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި އެ ކުުންފުންޏަށް ދީފައިވާ މަނީ ޗޭންޖިންގ ލައިސަންސް މިހާރު ހިފަހައްޓާފައިވާ ކަމަށްވެސް ބުންޏެވެ.

އެމްއެސް ފައިނޭންސާ މެދު މި ފިޔަވަޅު އަޅާފައިވަނީ މިއަދު އެވެ.

އިޝްތިހާރު އިޝްތިހާރު

ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މި ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ކުރިއަށް އޮތްތާގައި ވެސް އެ އޮތޯރިޓީންނާއި ތަންފީޒީ އިދާރާތައް ގުޅިގެން ފިޔަވަޅުއަޅާނެ ކަމަށް ވަނީ ބުނެފަ އެވެ.