ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދަރުމަވަންތަ ބައު އިމާރާތް ތަޅާލައިފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

މަޖީދިއްޔާ ސްކޫލްގެ އައު އިމާރާތް އެޅުމަށް ދަރުމަވަންތަ ސްކޫލްގެ ބައު އިމާރާތް ތަޅާލައިފިއެވެ.

ރާއްޖޭގެ ފުރަތަމަ ސްމާޓް ކްލާސްރޫމްތަކާއެކު މަޖީދިއްޔާ ސްކޫލުގެ އައު އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ކުރީގެ ދަރުމަވަންތަ ސްކޫލު ހުރި ބިމުގައެވެ. މިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޢުލާން ކުރެއްވީ މަޖީދިއްޔާ ސްކޫލުގެ “ސައްތަވީ ބިނާ” އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައިވަނީ މަޖީދިއްޔާ ސްކޫލާއި އިންވެގެން ހުރި ކުރީގެ ދަރުމަވަންތަ ސްކޫލް ހުރި ބިމުގައި 40 ކްލާސްރޫމްގެ އައު އިމާރާތެއް އަޅުއްވައިދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެސްކޫލްގެ ދާރުލް އުލޫމަކީ ތައުލީމާ ގުޅުންހުރި ދާރުލްއާސާރަކަށް ހައްދަވައިދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

HajjCop_ads
Advertisement

“އެ ކްލާސްރޫމްތަކުގެ ތެރެއިން ބައެއް ކްލާސްތަކަކީ ސްމާޓް ކްލާސްތަކުގެ ގޮތުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރެވޭ ސްމާޓް ކްލާސްތަކަށްވާނެ. އަދި އަޅުގަނޑުމެން މަޖީދިއްޔާގެ ދަރިވަރުން، އިސްދަރިވަރެއްގެ ފަޚުރުކަމުގައިވާ ދާރުލް އުލޫމާއި ކުރި ބޯށި. އަޅުގަނޑުމެންގެ ޕްލޭނަކީ ނޭޝަނަލް އެޑިއުކޭޝަން މިއުޒިއަމެއްގެ ގޮތުގައި އެތަން ތަރައްގީކުރުން. މި ސްކޫލާއި ރާއްޖޭގެ ތައުލީމީ ތާރީޚު ދައްކުވައިދޭ މިއުޒިއަމަކަށް އެތަން ބަދަލުކުރުން،” ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

މަޖީދިއްޔާ ސްކޫލްގެ އައު އިމާރާތް އެޅުމަށް ދަރުމަވަންތަ ސްކޫލްގެ ބައު އިމާރާތް ތަޅާލާފައިވާއިރު އެތަނުގެ އިންޖިނިއަރިންގެ މަސައްކަތްތަކާއި ކުރެހުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް ތައުލީމާއި ބެހޭ ވުޒާރާއިންވަނީ ވިދާޅުވެފައެވެ. އިމާރާތް އެޅުމުގެ މަސައްކަތް ކުރިއަތް އޮތް ދެ މަހެއްހާ ދުވަހުގެތެރޭގައި ފެށޭނެކަމަށްވެސް ވިދާޅުވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު