ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރޯދަ ހަދިޔާ: މާލެއިން އެކަނިވެސް 26،000 އަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި

Ramazan hadiyaa
TTH_Ads
STO_Ads

ސަރުކާރުން ރައްޔިތުންނަށް ދެއްވާ ރޯދަ ހަދިޔާގެ ގޮތުގައި ކަނޑައަޅާފައިވާ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، ހަމައެކަނި މާލެ ސަރަހައްދުން މިހާތަނަށް 26،000 އަށްވުރެ ގިނަ ކޭސް އާންމުންނަށް ދޫކޮށްފައިވާކަން ހާމަކޮށްފިއެވެ. މިކަމާ ގުޅޭގޮތުން ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު “އެކްސް” ގައި ހިއްސާކުރެއްވި މައުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި މަސައްކަތް ދަނީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރެވެމުންނެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ރޭގެ ނިޔަލަށް މާލެއިން ދޫކުރި މަސްދަޅު ކޭހުގެ ޖުމްލަ އަދަދު ވަނީ 26,739 އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ މަރުކަޒުތަކުން، މި ހިނގާ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މި ޚިދުމަތް ލިބެން ހުންނާނެކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. މިދިޔަ މަހުގެ 24 ވަނަ ދުވަހު މާލޭގައި ފެށި މި ބޮޑު ހަރަކާތަކީ ލޯކަލް ގަވަމަންޓް މިނިސްޓްރީއާއި، ކައުންސިލްތަކުގެ އިތުރުން ސިފައިންނާއި (އެމްއެންޑީއެފް) އަދި އެޗްޑީސީ ފަދަ މުހިންމު އިދާރާތައް ގުޅިގެން، ރައްޔިތުންނަށް ވީހާވެސް ފަސޭހައިން ހަދިޔާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރިއަށް ގެންދާ ގައުމީ މަސައްކަތެކެވެ.

މީގެ އިތުރުން، އަތޮޅުތެރޭގެ ރަށްތަކަށް ބޭނުންވާ ސްޓޮކް މިދިޔަ މަހުގެ 27 ވަނަ ދުވަހު ފޮނުވާފައިވާއިރު، މިހާރުވެސް ރަށްރަށުގައި ބެހުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ. އަދި އުތުރުގެ ބައެއް ރަށްތަކުގައި، ކަނޑައެޅިފައިވާ އުސޫލުގެ މަތިން ރައްޔިތުންނަށް މަސްދަޅު ކޭސް ބަހައި ނިމިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

HajjCop_ads

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Roada hadiyaa

މިއަހަރު 113،382 ގޭބިސީއަކަށް ރޯދަ ހަދިޔާ ދޫކޮށްފި

Roada hadiyaa

ރޯދަ ހަދިޔާ މަސްދަޅުކޭސް ދޫކުރާ ފަހު ތާރީޚަކީ އަންނަ މަހުގެ 4ވަނަ ދުވަސް

Ramazan hadiyaa

ރޯދަ ހަދިޔާ: ހުޅުމާލެ ފޭސް1 އަދި ފޭސް 2ގެ މިފްކޯ ފިހާރައިން ދޫކުރާނެ

މަސްދަޅު ކޭސް މިހާރު ބަހަމުންދަނީ މިފްކޯ އިން، ރަމަޟާން މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ދޫކުރާނެ