ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިއްޔެެއަކީ ޣައްޒާގައި ލޭއޮހޮރުވުންބޮޑު ދުވަހެއް، މިއަދުވެސް އެކި ހިސާބުތަކަށް ހަމަލާދީ އާންމުން ޝަހީދުކުރަނީ

މިއަދު ދެމުންގެންދާ ހަމަލާތަކުގެ މަންޒަރެއް:
TTH_Ads
STO_Ads
Advertisement

އިސްތިއުމާރީ އިސްރާއީލުން އިއްޔެ ޣައްޒާގައި ހިންގި ވަރުގަދަ ލޭއޮހޮރުވުންތަކަށް ފަހު، މިއަދުވެސް ޣައްޒާއަށް ހަމަލާދީ މީހުން ޝަހީދު ކުރަމުން އެބަ ގެންދެއެވެ.

ޣައްޒާގެ މެދުތެރޭ ވާދީ ގާޒާއަށް މިއަދު ޑްރޯން ހަމަލާއެއް ދީ އެކަކު ޝަހީދު ކޮށްލާފައި ވާކަމަށް، ޣައްޒާއިން ލިބޭ ޚަބަރުތައް  ބުނެއެވެ.

އަދި މިއަދުވެސް ޣައްޒާގެ އެކި ހިސާބުތަކަށް އެކި ގޮތްގޮތަށް ހަމަލާތައް ދެމުން ގެންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ހާލުގައި ޖެހިފައިވާ އާންމުން ދިރިއުޅޭ ޓެންޓުތަކަށްވެސް ގެންދަނީ ހަމަލާތައް ދެމުންނެވެ.

MMA_Ads
HajjCop_ads
Advertisement

ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމެއް ވެވުނު ފަހުން އިއްޔެއަކީ އިސްތިއުމާރީ ޓެރަރިސްޓުން ޣައްޒާގައި އެންމެ ބޮޑެތި ލޭއޮހޮރުވުންތައް ހިންގި ދުވަހެވެ.

ޣައްޒާގެ ދެކުނުގެ ރަށްތަކަށާއި، މެދުތެރޭ ރަށްތަކަށް ވަރުގަދަ ވައިގެ ހަމަލާތައް ދީ އިއްޔެ އެކަނިވެސް ތިރީސް ހަތްމީހުން ޝަހީދު ކޮށްލާފައި ވެއެވެ. އިއްޔެގެ ހަމަލާތަކުގައި ޝަހީދު ކޮށްލި މީހުންގެ ތެރޭގައި 6 ކުޑަކުދިންވެސް ހިމެނެއެވެ.

އެމެރިކާއިން ނަމެއްގައި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް ހެދުމަށްފަހު ހަމާސްގެ ދެއަތާއި ދެފައި ބަނުމަށްފަހު، އިސްތިއުމާރީ އިސްރާއީލަށް ޣައްޒާގައި ބޭނުންހާ ކަމެއް ކުރުމަށް ވަނީ ފުރުސަތު ދީފައެވެ.

މިދިޔަ 2025 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 10 ވަނަ ދުވަހު އެއްބަސްވުމަށް އަމަލުކުރަން ފެށިފަހުން އެކަނިވެސް، އިސްތިއުމާރީ ބާރުން ޣައްޒާގެ އެކި ހިސާބުތަކަށް ވައިގެ ހަމަލާތަކާއި، އެއްގަމުމަގުން ހަމަލާދީ މިހާތަނަށް 510 މީހުން ޝަހީދު ކޮށްލާފައި ވެއެވެ.

މި ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު އެއްހާސް ފައްސަތޭކައަށް އަރައެވެ.

ހަމަލާތަކުގައި ޝަހީދުކޮށްލި އަދި ޒަޚަމްވި މީހުންގެ ތެރޭގައިވެސް އެތައް ކުޑަކުދީން ހިމެނެއެވެ.

ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމެއް ހެދުމަށްފަހުވެސް އިސްތިއުމާރީ ބާރުން ތަކުރާރުކޮށް ޣައްޒާއަށް ހަމަލާދީ އާންމުން ޝަހީދުކުރަމުންދާ މައްސަލާގައި، ހަމާސްގެ ސިޔާސީ ގޮފީގެ މެމްބަރެއް ކަމަށްވާ ޚަލީލް އައް ޙައްޔާ އިއްޔެވެސް  ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.

ޚަލީލް އަލް ޙައްޔާ ވިދާޅުވީ، އިސްތިއުމާރީ  ބާރުން ޣައްޒާގެ އެކި ހިސާބުތަކަށް ހަމަލާތައް ދެމުން ގެންދަނީ، މުޅިން ދޮގު ތުހުމަތުތައް ކޮށް އޮޅުވާލައިގެން ކަމަށެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުގެ އިންޒާރު އިސްރާއީލާއި އެމެރިކާއަށް: ލުބުނާނަށްދޭ ހަމަލާތައް ނުހުއްޓައިފިނަމަ ނަތީޖާ ވަރަށް ގޯސްވާނެ

އެއްބަސްވުން ހެދިއްޖެ، އީރާނުގެ ބްލޮކޭޑް ވަގުތުން އުވާލަން ސިފައިންނަށް އަންގައިފިން: ޓްރަމްޕް

މަސްރަހް ވަރަށް ނުތަނަވަސް: އެންމެން އިންތިޒާރުކުރަނީ އީރާނުން އިސްރާއީލަށް ހަމަލާދޭން ފަށާނެ ވަގުތަކަށް

ހިޒްބުﷲއިން އިސްތިއުމާރީ ސިފައިންނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމުން “އެއްބަސްވުމޭ” ގޮވަން ފަށައިފި