ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ފަށައިފި

Img md 202601310121241769847684.3257
STO_Ads
TTH_Ads
Advertisement

ބިންވެރިޔާ” ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ މީހުންނަށް އެ ފަޅުގެ އާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ޕްލޮޓްތައް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން މިއަދު ފަށައިފިއެވެ.

މިއީ ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސް، އާ ޕްލޭނެއް އެކުލަވާލުމާ ގުޅިގެން ނަގާ ގުރުއަތުލުމެކެވެ. އާ ލޭންޑް ޔޫސް ޕްލޭންގައި ވާ ގޮތުން މިހާރު ދޫކުރުމަށް ނިންމާފައިވަނީ ޖުމްލަ 4،072 ގޯއްޗެވެ.

މި ބަދަލާއެކު ކުރިން ކަނޑައަޅާފައިވާ ގޯތިތަކުގެ ސަރަޙައްދުތަކަށް ބަދަލު އައިސްފައިވާތީ، ކޮންމެ ގޯއްޗަކަށް ވެސް މިހާރު ވަނީ އާ ލޮޓް ނަންބަރުތަކެއް ކަނޑައަޅާފައެވެ. މިއަދު ކުރިއަށްދާ ގުރުއަތުލުމަކީ މި ބަދަލާ ގުޅިގެން ގޯތި ލިބިފައިވާ ފަރާތްތަކަށް އާ ޕްލޮޓްތައް ޙަވާލުކުރުމަށްޓަކައި ކުރިއަށްގެންދާ މަސައްކަތެކެވެ.

MMA_Ads
HajjCop_ads
Advertisement

ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތަކުގެ ތަފްސީލަށް ބަލާއިރު: • 1250 އަކަފޫޓުގެ 2605 ގޯތި • 1650 އަކަފޫޓުގެ 1213 ގޯތި • 2050 އަކަފޫޓުގެ 253 ގޯތި • 2450 އަކަފޫޓުގެ 1 ގޯތި

ހައުސިން މިނިސްޓްރީން ވިދާޅުވި ގޮތުގައި، ގުރުއަތުލުމުގެ ކަންކަން ކުރިއަށް ގެންދަނީ އެ މިނިސްޓްރީގެ މުވައްޒަފުންނެވެ. ގުރުއަތުލާ ހޯލަށް ކޮންމެ ޕްލޮޓަކުން އެކަކަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ގުރުއަތުން ލިބޭ ޕްލޮޓް ނަންބަރު އެ ފަރާތަކަށް ވަގުތުން އެސްއެމްއެސް މެދުވެރިކޮށް ލިބިގެންދާނެއެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަންނަމަހު ގިރާވަރުފަޅު ހިއްކާ ނިންމައި، ޖޫންމަހު ގޯތިދޫކުރަން ފަށާނެ

Oo

ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތައް ޖޫން މަހު ހަވާލުކުރަން ފަށާނެ: ރައީސް

Giraavaru falhu

ގިރާވަރުފަޅުން 15 ހެކްޓަރުގެ ބިން ހިއްކައިފި

ގިރާވަރުފަޅު ހިއްކަން ފަށައިފި