ފީފާއިން އެފްއޭއެމަށް ފޮނުވި ފައިސާ ލޯންޑާކުރުމުގައި އެހީތެރިވި ކަމުގެ ތުހުމަތު ކުރެވޭ އެފްއޭއެމްގެ ފައިނޭންޝަލް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް މުހައްމަދު އަގީލް ތައިލެންޑުގެ ބެންކޮކުން ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކުރީ ފިލައިގެން ބެންކޮކުގައި އުޅެނިކޮށް މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.
މި މައްސަލާގައި ހިމެނޭ ބައްސާމް އަދީލް ޖަލީލުގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، އޭނާ މިހާރު ގެންދަނީ 23 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.