ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާފަންނު ދަނޑުގައި، އަމިއްލަ ފަރާތްތަކުގެ މުދަލެއް، އުޅަނދެއް ހުރިނަމަ ނަގަން އަންގައިފި

TTH_Ads
STO_Ads
Advertisement

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ބެލުމުގެ ދަށުގައިވާ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދު (ކޮށީ ނަމްބަރު 387) ގައި ފީފާއިން ޚަރަދުކޮށްގެން ހަދަމުންދިޔަ ސްޕޯޓްސް އެރީނާ އާއި އޮފީސް ބިލްޑިން ހިމެނޭ ބިމުގައި، އަމިއްލަ ފަރާތެއްގެ އެއްވެސް މުދަލެއް ނުވަތަ އުޅަނދެއް ހުރި ނަމަ އެ އެއްޗެއް ނަގަން އަންގައިފިއެވެ.

އެފްއޭއެމް އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެ އިމާރާތް ހިމެނޭ ބިން ފިޔަވައި އިތުރު ބިން އެކިކަންކަމަށް ދޫކޮށްފައިވާކަމުގެ ލިޔުން، 10 އޮގަސްޓް 2025 ވަނަ ދުވަހު އެ އެސޯސިއޭޝަނުން ކުރި އިޢުލާނާ ގުޅިގެން ލިބިފައިވާ ކަމަށެވެ.

އެހެންނަމަވެސް، 2017 ވަނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހު ފުޓްބޯޅަ އެސޯސިއޭޝަނަށް މާފަންނު ސްޓޭޑިއަމް ސަރަހައްދުގެ ބިން 50 އަހަރަށް ދޫކޮށްފައިވާ މަޤްސަދާއި ޚިލާފަށް، އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ނިންމުމެއްނެތި، އެކި ފަރާތްތަކަށް ގުދަން ހެދުމަށާއި އެކި ކަންކަންކަމަށް ބިން ދޫކޮށްފައިވާ އެއްބަސްވުންތަކަށް އަމަލު ނުކުރުމަށް، ހޯމަ ދުވަހު ބޭއްވި އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ 9 ވަނަ ބައްދަލުވުމުން ވަނީ ނިންމާފައެވެ.

HajjCop_ads
Advertisement

އެހެންކަމުން، އެފްއޭއެމް އިން ކަނޑައަޅާފައިވާ ސަރަހައްދުގައި، އަމިއްލަ ފަރާތެއްގެ / ކުންފުންޏެއްގެ މުދަލެއް، އުޅަނދެއް ފަދަ އެއްވެސް އެއްޗެއް ހުރިނަމަ، ކުރިއަށް އޮތް 14 (ސާދަ) ދުވަސްތެރޭގައި އެއެއްޗެއް ނެގުމަށް އެފްއޭއެމް އިން ވަނީ އަންގާފައެވެ.

އެފްއޭއެމްއިން ބުނެފައި ވަނީ، 2017 ވަނަ އަހަރުން ފެށިގެން 50 އަހަރުގެ މުއްދަތަށް ފީފާއިން ހަރަދުކޮށްގެން ތަރައްގީ ކުރުމަށް މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އިން އެފްއޭއެމް އަށް ދޫކޮށްފައިވާ މާފަންނު ފުޓުބޯޅަ ދަނޑުގެ ބިމުގައ،ި ފީފާއިން ޚަރަދުކޮށްގެން ބިނާކޮށްފައިވާ އިމާރާތުގެ ބޭރުން ގުދަން ހެދުމަށާއި އެކިކަންކަމަށް އެ ބިން ބޭނުންކުރުމަށް އެފްއޭއާއި ފީފާގެ ވެސް ހުއްދައެއް ނެތްއިރު، ކުޅިވަރާ ބެހޭ ވުޒާރާއިން ވެސް އެކަމަށް ހުއްދަދީފައި ނުވާކަމަށެވެ.

މީގެ 9 އަހަރުކުރިން، 2017 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހު، ފީފާގެ ޚަރަދުގައި ސްޕޯޓްސް އެރީނާ އަކާއި އޮފީސް އިމާރާތެއް ތަރައްގީ ކުރުމަށް އެފްއޭއެމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ދީފައި ވަނީ މާލޭގެ 378 ނަންބަރު ކޮށީގެ ބިމެވެ.

އެ މަޝްރޫއުގެ ދަށުން އެތަނުގައި އޮފީހަކާއި 100 އެއްހާ ކުދިންނަށް ތިބެވޭ ގޮތަށް އެކޮމަޑޭޝަން ބްލޮކެއްގެ އިތުރުން ބޮޑު ޓާފް ދަނޑަކާއި ޖިމެއްގެ އިތުރުން ނަމާދުކުރާ ތަނެއް އެޅުމާއި ދެ ވަނަ ފޭހުގައި އިތުރު ދަނޑުތައް އެޅުމަށް ޕްލޭންކުރިއެވެ.

މި ބިމާ ގުޅޭގޮތުން އެފްއޭއެމް އިން މީގެކުރިން އަމަލުކޮށްފައިވާ ގޮތާމެދު ގިނަ ބަޔަކު ފާޑުކިޔާފައިވާއިރު، ފުޓުބޯޅަ އާއިލާއިން ކަންބޮޑުވުން ވެސް ފާޅުކުރިއެވެ. އެފްއޭއެމްގެ މިހާރުގެ އެކްސްކޯއިން މި ނިންމި ނިންމުމަކީ، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބޭނެ ނިންމުމެއްކަމަށް ބެލެވެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

436397 552c6f5a 5 (1)

ފީފާގެ ހުށައެޅުމަށް އެފްއޭއެމުން އަދި ވަކިގޮތެއް ނުނިންމާ!

Igmh

މާފަންނު ސްޓޭޑިއަމްގައި ހަދާފައިވާ ގުދަނުގެ މައްސަލައިގައި ފަޒީލްގެ ކުންފުނިން އެފްއޭއެމާ ދެކޮޅަށް ދައުވާކޮށްފި

FAM TOM

ފުޓުބޯޅަ ލާމަރުކަޒީކޮށް ހަތަރު ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަންތަކެއް ގާއިމްކުރަނީ

ސްޓޭޑިއަމް ސަރަހައްދުގައި ހުއްދަނެތި ހަދާފައިވާ ގުދަންތައް ހުސްކުރަން އެފްއޭއެމްއިން ނިންމައިފި