ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަރުޟް ފަސް ނަމާދު އަދާކުރުމަށް ހުރިހާ ލޮބުވެތި ދަރިވަރުންނަށް އިލްތިމާސްކުރަން: ރައީސް

Muizzu shaheed ali school
TTH_Ads
STO_Ads
Advertisement

ހުރިހާ ދަރިވަރުންނަކީ ވެސް ފަތިސްނަމާދުން ދުވަސް ފަށާ ކުދިންނަށް ވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސް މިކަމަށް އިލްތިމާސްކުރެއްވީ ހުޅުމާލެ ފޭސް 2 ގައި އަލަށް އިމާރާތްކުރި ޝަހީދު އަލީ ސްކޫލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

“ފަރުޟް ފަސް ނަމާދު އަދާކުރުމަށް ހުރިހާ ލޮބުވެތި ދަރިވަރުންނަށް އަޅުގަނޑު ވަރަށް ބޮޑަށް އިލްތިމާސްކުރަން. ވަގުތުން ވަގުތަށް ނަމާދުކުރުމަށް، ފަތިސްނަމާދަށް ގަޑިއަށް ހޭލުމަށް، ހޭލައި ފަތިސްނަމާދުކޮށްގެން ދުވަސް ފެށުމަށް، ހުރިހާ ކުދިން ވެސް އަޒުމް ކަނޑައަޅަން އަޅުގަނޑު ރާއްޖޭގެ ހުރިހާ ކިޔަވާކުދިންނަށް އިލްތިމާސްކުރަން،” ރައީސް

ރައީސް ވިދާޅުވީ ދަރިވަރުންނަކީ އިސްލާމްދީނުގައި އޮންނަ ގޮތަށް ކަންކަން ތަރުތީބުކޮށްގެން ކޮންމެ ދުވަހެއް ވެސް ހޭދަކުރާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި ފަރުޟް ފަސް ނަމާދު އޭގެ ވަގުތުގައި އަދާކުރުމަށް ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް އެމަނިކުފާނު ވަރަށް ބޮޑަށް ބާރުއެޅުއްވިއެވެ.

HajjCop_ads
MMA_Ads
Advertisement

ދަރިވަރުން ދުވަސް ފަށަނީ ފަތިސްނަމާދުންކަން ކަށަވަރުކުރުމަކީ ބެލެނިވެރިންގެ ޒިންމާއެއް ކަމަށް ދެކިގެން އެކަން ކަށަވަރުކުރުމަށް ވެސް ރައީސް ގޮވައިލެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ދީނުގެ ކަންކަމަކީ ހަމައެކަނި ފޮތްތަކުގައި ލިޔެފައި ހުންނަންޖެހޭ ކަންކަން ނޫން ކަމަށާއި، އެއީ އަމަލީ ގޮތުން ކޮންމެ ދުވަހަކު ތަންފީޒުކުރަންޖެހޭ ކަންކަން ކަމަށެވެ.

ސްކޫލްތަކުގެ ތަރުތީބުވެސް ހުންނަންވާނީ ދަރިވަރުން ދުވަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާ ގޮތަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދަރިވަރުންނަކީ މައިންބަފައިންނަށް ކިޔަމަންތެރިވާ، ޓީޗަރުންނާއި ސްކޫލްގެ ވެރިންގެ ބަސްއަހާ ކުދިންނަށް ވާންޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ދަރިވަރުންގެ ދިރިއުޅުން މިގޮތަށް ބައްޓަންކޮށްފި ނަމަ، އެ އެޅެނީ ގުޑުވާނުލެވޭ ފަދަ ވަރުގަދަ ބިންގަލެއް ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Raees muiz

އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކަނޑާލުމަކީ ސިނާއަތައް ލިބުނު ކުރިއެރުމެއް: ރައީސް

ފުވައްމުލަކުގެ ކުރީގެ އަތޮޅުވެރިޔާ ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

މިއަދަކީ ބަނަލްއަޤްވާމީ އާއިލާތަކުގެ ދުވަސް

Raees Muizzu

ސަރުކާރު ވެގެންދާނީ އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ސަރުކާރަށް: ރައީސް