ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެމަފިރިން ކުރެ އެކަކުގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަ ޝަރުތު ހަމަނުވާނެ: މުއްތަލިބު

muthalib
TTH_Ads
STO_Ads
Advertisement

“ބޯހިވާހިކަން އެންމެންނަށް” ޕްރޮގްރާމުގެ ދަށުން ދޫކުރާ ބިމާއި ފުލެޓް ދިނުމުގެ އުސޫލާ މެދު އާންމުންގެ މެދުގައި އެންމެ ބޮޑުވެފައިވާ ކަންބޮޑުވުންތަކާ ގުޅޭގޮތުން ހައުސިން މިނިސްޓަރު ޑރ. އަބްދުލް މުއްތަލިބު ވާހަކަދައްކަވައިފިއެވެ.

“ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އޮންނަނީ އެންމެ ސަބަބަކަށްޓަކައި. އެއީ އެއްވެސް އާއިލާއެއް ކަރާމާތްތެރި އަދި ހަމަޖެހޭ ދިރިއުޅުމެއް އުޅުމަށް ބޭނުންވާ އަސާސީ ބިނާއަކުން މަހްރޫމް ނުވާނެކަން ކަށަވަރުކުރުމަށް. ބޯހިޔާވަހިކަމަކީ އިތުރުކުރަން އޮންނަ “ބޯނަސް” އެއް ނޫން،” މިނިސްޓަރު

“ބޯހިޔާވަހިކަން އެންމެނަށް” ޕްރޮގްރާމްގެ ދަށުން ގޯއްޗާއި ފްލެޓް ދޫކުރާއިރު، މާލެ ސަރަހައްދުގައި ދެމަފިރިން ކުރެ އެކަކުގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަ ޝަރުތު ހަމަނުވާކަމަށް ވަނީ ކަނޑައަޅައިފައެވެ. އެއީ އެންމެ އިންސާފުވެރި ގޮތް ކަމަށް ނޫންކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކޮށް ޝަކުވާ ކުރަމުންނެވެ.

MMA_Ads
HajjCop_ads
Advertisement

އެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން “ލިންކްޑްއިން” ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ދެމަފިރިން ކުރެ އެކަކުގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަ ޝަރުތު ހަމަނުވާނެ ކަމަށް ކަނޑައެޅީ މި ޕްރޮގްރާމަކީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް އަޅައިދޭ ބިންގަލަކަށްވާތީ ކަމަށެވެ. އަދި އެއީ އެންމެ އިންސާފުވެރިގޮތް ކަމަށްވެސް ވާނެތީ ކަމަށެވެ.

އެއްވެސް ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް އިސްކަންދޭ ސަބަބު
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ސަބަބަކީ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު ނިކަމެތިކަން ތަހައްމަލު ކުރާ ފަރާތްތައް އެންމެ ފުރަތަމަ ސަލާމަތްކުރުމެވެ.

ގެދޮރެއް ނުވަތަ ބިމެއް ނެތް އާއިލާއެއްގެ ހާލަތަކީ:

އެހެން ގޮތެއް (ފޯލްބެކް އޮޕްޝަން) ނެތުން،
ދިގުމުއްދަތުގެ ރައްކާތެރިކަމެއް ނެތުން،
އަގުތައް އުފުލުމާއި ނުވަތަ ބޯހިޔާވަހިކަން ގެއްލުމުގެ ބިރުން ސަލާމަތްވާނެ “އައްޑަނައެއް” ނެތުން.
“އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ގެދޮރެއް ނުވަތަ ބިމެއް އޮތް އާއިލާއަކަށް، އެތަނުގެ ކުޑަބޮޑުމިނަށް ބެލުމެއް ނެތި، ކޮންމެވެސް މިންވަރެއްގެ ރައްކާތެރިކަމެއް އޮވޭ، ވަސީލަތްތައް މަދު ހާލަތެއްގައި، އިސްކަންދޭނެ ތަރުތީބެއް ކަނޑައެޅުމަކީ ތަފާތުކުރުމެއް ނޫން،” މިނިސްޓަރު ވިދާޅުވިއެވެ.

އާއިލާތައް ވަކިވަކި ފަރުދުންގެ ބަދަލުގައި “ގޭބިސީ” އެއްގެ ގޮތުގައި ބަލަނީ ކީއްވެ؟
މިނިސްޓަރު ވިދާޅުވިގޮތުގައި ބޯހިޔާވަހިކަމުގެ ބޭނުންތެރިކަން އުފެދެނީ ވަކިވަކި ފަރުދުންގެ ފަރާތަކުން ނޫނެވެ. އެކަން ފެށެނީ ގޭބިސީތަކުގެ ފަރާތުން ކަމަށެވެ.

“ގޭބިސީއެއްގެ އަތުގައި މިހާރުވެސް ގެދޮރެއް ނުވަތަ ބިމެއް އޮއްވައި، އެހެން އާއިލާއަކަށް ފުރަތަމަ ފަހަރަށް ގެދޮރެއް ލިބުމުގެ ކުރިން ދައުލަތުގެ ހަރަދުގައި އިތުރު ޔުނިޓެއް ދިނުމަކީ، ފަރަގު ކުޑަކުރުމުގެ ބަދަލުގައި ފަރަގު ބޮޑުވެގެންދާނެ ކަމެއް،” މިނިސްޓަރު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަގުސަދަކީ މުދާ އެއްކުރުމުގެ ބަދަލުގައި، ގޭބިސީތަކަށް ހަމަޖެހުން ހޯދައިދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޝަރުތުތަކާ ގުޅޭ މި އުސޫލުތަކަކީ ޑިމާންޑު ބަދަލުވަމުންދާ މިންވަރުން ބަދަލުވާނޭ އުސޫލުތަކެއް ކަމަށެވެ.

“ސަރުކާރުން ސޯޝަލް ހައުސިން ޔުނިޓްތަކާއި، ގޯއްޗާއި، އަގުހެޔޮ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި، އަދި އަމިއްލަ ފަރާތްތަކުން ތަރައްގީކުރާ ބޯހިޔާވަހިކަން ފޯރުކޮށްދެމުންދާ ވަރަކަށް، އާންމު ބޯހިޔާވަހިކަމަށް އޮތް ޑިމާންޑު ކުޑަވެގެންދާނެ. ކޮންމެ އާއިލާއަކަށް މަދުވެގެން އެއް ގެދޮރު ނުވަތަ ގޯއްޗެއް ލިބިފައިވާ ހާލަތަކަށް ދެވުމުން، މި ސިޔާސަތަށް ބަދަލުތައް އަންނާނެ،” މިނިސްޓަރު

MPL_Ads
MWSC_ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަލިފާންކަނި
ގިރާވަރުފަޅުން އަބިމީހާއަށް އަދި ގޯއްޗެއް ލިބިފައޮތަސް ފިރިމީހާއަށް މިވަގުތު ފުލެޱަކަށް ނުލެވެއްޏާ ކަނޱަ.

ގުޅުންހުރި

dr mulhalib

މަގުތައް ޑިޒައިންކުރަން ޗައިނާގެ ޓީމެއް މިމަހު އަންނާނެ: މުއްތަލިބު

hulhumale

މާލޭގައި އަހަރަކަށްވުރެ ކުރު މުއްދަތަކަށް ރަށްވެހިވެފައިވާ ފަރާތްތަކަށް ވެސް ގޯއްޗާއި ފްލެޓަށް ލެވޭނެ

muthalib

“ބޯހިޔާވަހިކަން އެންމެނަށް” ފުލެޓާއި ގޯއްޗަށް ހުށަހެޅުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

Muthalib

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންނަށްވެސް ފްލެޓަށް އެދެވޭ ގޮތަށް އުސޫލު ބަދަލުކުރަނީ