ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސައުދީ ޓްރެވަލް މާކެޓް ގައި ބައިވެރިވުމުގެ ފުރުސަތު މަޓާޓޯއިން ހުޅުވާލައިފި

ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާއި “ވިޒިޓް މޯލްޑިވްސް” އާ ގުޅިގެން، 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސައުދީ ޓްރެވަލް މާކެޓް (އެސް.ޓީ.އެމް) ގައި ރާއްޖޭގެ ރަސްމީ މަންދޫބެއްގެ ގޮތުގައި ބައިވެރިވުމަށް ނިންމާފައިވާކަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ) އިން އިޢުލާންކޮށްފިއެވެ. މި ފެއަރ ކުރިއަށްދާނީ 2026 މާރިޗު 29 އިން 31 އަށް، ސައުދީ އަރަބިއްޔާގެ ރިޔާދު އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައެވެ.

ސައުދީ ޓްރެވަލް މާކެޓަކީ ސައުދީ އަރަބިއްޔާ އާއި ޖީ.ސީ.ސީ ސަރަހައްދުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މުހިންމު ފަރާތްތަކާއި، ޓުއަރ އޮޕަރޭޓަރުން، ޓްރެވަލް އެޖެންޓުން، އެއާލައިންތައް އަދި ހޮސްޕިޓާލިޓީ ދާއިރާގެ އިސް ފަރާތްތައް ބައްދަލުވާ އެންމެ ބޮޑު އެއް ބީ.ޓު.ބީ އެގްޒިބިޝަނެވެ. މިއީ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށާއި، ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމުގެ އިތުރުން، އެ ސަރަހައްދުން ބޭރަށް ދަތުރުކުރާ ފަތުރުވެރިންގެ މާކެޓްގެ ފައިދާ ހޯދުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

ސައުދީ އަރަބިއްޔާއަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އިސްކަންދޭ މުހިންމު މާކެޓަކަށް ވުމާއެކު، މަޓާޓޯގެ މި އިސްނެގުމުގެ މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކަށް ސައުދީ އާއި ޖީ.ސީ.ސީ މާކެޓަށް ވަނުމުގެ މަގު ފަހިކޮށްދިނުމެވެ. މީގެ ތެރޭގައި ލަގްޒަރީ، އާއިލީ، ހަނީމޫން އަދި ތަފާތު ތަޖުރިބާތަކަށް ލޯބިކުރާ ފަތުރުވެރިންގެ ސެގްމަންޓްތަކަށް އަމާޒުކުރުން ހިމެނެއެވެ.

މަޓާޓޯއިން ނެރުނު ސާކިއުލާގައި ބަޔާންކޮށްފައިވާ ގޮތުގައި، އެސް.ޓީ.އެމް 2026 ގައި ރާއްޖޭގެ ބައިވެރިވުން ކޯޑިނޭޓް ކުރާނީ އެ ޖަމިއްޔާއިންނެވެ. މިގޮތުން ރެޖިސްޓްރޭޝަންގެ ކަންކަމާއި، ފެއަރ އިންތިޒާމުކުރާ ފަރާތްތަކާ މުއާމަލާތްކުރުމާއި، އަދި ބައިވެރިވާ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީ، ރާއްޖޭގެ ފަރާތުން ފެންވަރު ރަނގަޅު ތަމްސީލުވުމެއް ދެއްކުމަށް މަޓާޓޯއިން މަސައްކަތް ކުރާނެއެވެ.

މި ފެއަރގައި ބައިވެރިވުމުގެ ފުރުސަތު ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކާއި، ސަފާރީތަކުގެ އިތުރުން ޓްރެވަލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންނަށް ވަނީ ހުޅުވާލެވިފައެވެ. އަދި ބައިވެރިވާ ފަރާތްތަކަށް ޚާއްޞަ އަގުތަކެއް ހަމަޖެހިފައިވާއިރު، މަޓާޓޯގެ މެންބަރުންނާއި “ވިޒިޓް މޯލްޑިވްސް” ގެ މެންބަރުންނަށް އިތުރު 5 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެކަމަށް ސާކިއުލާގައިވެއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަޓާޓޯގެ ސާކިއުލާ ރަނގަޅަށް މުތާލިއާކުރުމަށްފަހު، ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ބައިވެރިވުމަށް އެދި “އެކްސްޕްރެޝަން އޮފް އިންޓްރެސްޓް” (EOI) ހުށަހެޅުމަށް އެ ޖަމިއްޔާއިން އިލްތިމާސްކުރެއެވެ.

އޮންލައިންކޮށް ރެޖިސްޓްރީވުމަށް: https://www.matato.org/sauditravelmarket

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ހެޑް އޮފް ސްޓޭކްހޯލްޑަރ ރިލޭޝަންސް

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ)

އީމެއިލް: [email protected]

ފޯނު: 7390050

މި ހަރަކާތާ ގުޅޭގޮތުން ވާހަކަދައްކަމުން މަޓާޓޯއިން ފާހަގަކުރި ގޮތުގައި، ސައުދީ ޓްރެވަލް މާކެޓް 2026 އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ސައުދީ މާކެޓާ އޮންނަ ގުޅުން ބަދަހިކުރުމަށާއި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ގާއިމުކުރުމަށް ލިބޭނެ ވަރަށް މުހިންމު އަދި އެކަށީގެންވާ ފުރުސަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 07 at 20.10.04

ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް އަރަމުންދާ ލޮޅުންތަކުގެ އަސަރު ކުޑަ ކުރުމަށް ފަތުރުވެރިކަމުގެ ސިނާޢަތް ގުޅިގެން ކުރިއަށް!

އަންނަ އަހަރުގެ އައިޓީބީ ބާލިންގެ “ހޯސްޓް ކަންޓްރީ” އަކަށް ރާއްޖެ ހަމަޖައްސައިފި

Oo

ބައިނަލްއަގުވާމީ މަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވިޒިޓް މޯލްޑިވްސް އިން ހުޅުވާލައިފި

WhatsApp Image 2026 03 03 at 12.58.23

ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓްގެ ގޮތުގައި ސްވައިޕް ހަމަޖައްސައިފި