ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެސްޓީއޯ ރޯދަ ސޭލް: ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް ފަށައިފި

TTH_Ads
STO_Ads
Advertisement

އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފިއެެވެ.

އެސްޓީއޯއިން މިއަދު ބުނީ އެ ޕްރޮމޯޝަންތަކުގެ މަގުސަދަކީ ރޯދަމަހަށް ގޭތެރޭގައި ކުލަލުމާއި ޒީނަތްތެރިކުރުމަށް ބޭނުންވާ ފަރާތްތަކަށް ހެޔޮ އަގެއްގައި ކުލައާއި ދަވާދު އަދި އެ ނޫނަސް މަރާމާތުކުރުމަށް ބޭނުން ކުރެވޭ ސާމާނު ފޯރުކޮށްދިނުން ކަމަށެވެ.

“މިއަހަރުގެ ރޯދަ ސޭލް ކުރިއަށްދަނީ ވެލިގާ ހާޑްވެއާއާ ގުޅިގެން. މި ޕްރޮމޯޝަން ރަސްމީކޮށް ފެށުނީ، ރޭ ހުޅުމާލޭގެ އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލުއިޝަންސް ޝޯރޫމްގައި ބޭއްވި ހަފުލާއެއްގައި،” އެސްޓީއޯ

HajjCop_ads
Advertisement

އެ ހަފުލާ ޝަރަފުވެރިކޮށްދެއްވީ ވެލިގާގެ ޑިރެކްޓަރު ޒައިދު މުހައްމަދެވެ. އޭގެ އިތުރުން އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ޑިރެކްޓަރު މުހައްމަދު އީމާން އަދި ސިންގަޕޫރުން ރާއްޖެ ވަޑައިގެންނެވި ނިޕޯން ޕެއިންޓުގެ ޑެލިގޭޓުންވެސް ވަނީ އެ ހަފުލާގައި ބައިވެރިވެވަޑައިގަންނަވައިފައެވެ.

މިއަހަރުގެ ރޯދަ ސޭލްގައި ޑިސްކައުންޓް އެޅުވިފައި ހުންނާނީ އެސްޓީއޯ ކޮންސްޓްރަކްޝަންސް އިން ވިއްކާ ޕްރޮޑަކްޓްތަކެގެ ތެރެއިން ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓްތަކުގައެވެ. ނިޕޯން ޕެއިންޓުގެ ހޮވާލެވިފައިވާ ޕްރޮޑަކްޓްތަކަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. އަދި މަކިޓާގެ ބައެއް ޓޫލްސް ތަކަކުން 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ.

އެސްޓީއޯއިން ބުނީ އެ ޕްރޮމޯޝަން ކުރިއަށް ދަނީ ވެލިގާ ހާޑްވެއާއާ ވެސް ގުޅިގެންކަމުން، ވެލިގާ ހާޑްވެއާ އިން ވިއްކާ ނިޕޯން ޕެއިންޓްގެ ޕްރޮޑަކްޓްކަތުންވެސް ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ.

22 ޖެނުއަރީ 2026: އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް — ފޮޓޯ/ އެސްޓީއޯ

އޭގެ އިތުރުން އެ ޕްރޮޑަކްޓްތަކުން ކުރާ ވިޔަފާރިތަކުން ކޮންމެ 500 ރުފިޔާއަކަށް ކޫޕަނެއް ލިބިގެންދާނެއެވެ. ކޫޕަންތަކުން ނެގޭ ލަކީ ޑްރޯއަކުން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް ބޮޑެތި އިނާމުތަކެއް ވަނީ ހުށަހެޅިފައެވެ. އެއްވަނައަށް ހޮވޭ ފަރާތަކަށް 50،000 ރުފިޔާގެ ވައުޗަރެއް، ދެވަނައަށް ހޮވޭ ފަރާތަކަށް 20،000 ރުފިޔާގެ ވައުޗަރެއް އަދި ތިން ވަނައަށް ހޮވޭ ފަރާތަކަށް، ސްޓޯން ހޮޓެލްގައި ދެ މީހަކަށް ދެ ދުވަހުގެ ހުރުން ހަމަޖެހިގެންދާނެއެވެ.

ޕްރޮމޯޝަން ކުރިއަށްދާނެ އައުޓްލެޓްތައް:

  • އެސްޓީއޯ ކޮންސްޓްރަކްޝަންސް އަމީނީ މަގު ފިހާރަ
  • މާލެ މަކިޓާ ޝޯރޫމް
  • ހުޅުމާޅެ ކޮންސަޓްރަކްޝަންސް ޝޯރޫމް
  • މާލެ އަދި ހުޅުމާލޭގެ ވެލިގާ ހާޑްވެއާ އައުޓްލެޓްތައް

އެސްޓީއޯގެ ރީޖަނަލްސް އައުޓްލެޓްތަކުން ވިއްކާ ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓްތަކުންވެސް އެ ޑިސްކައުންޓްތައް ލިބިގެންދާނެއެވެ.

އެސްޓީއޯއިން ބުނީ ރީޖަނަލް އައުޓްލެޓްތަކުން ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑުގެ ޕްރޮޑަކްޓްތަކުން ވިޔަފާރިކުރާ ފަރާތްތަކަށްވެސް ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އެ ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން މިއަހަރުގެ މާޗު 26ގެ ނިޔަލަށް ކަމަށެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Io

ފިލިޕްސް ބްރޭންޑްގެ އޭސީތައް އެސްޓީއޯއިން މިހާރު ލިބޭނެ!

ސްޓޭޓްފާމާއަށް ބަދަލުކުރަން އެސްޓީއޯ ފާމަސީތައް ތިން ދުވަހަށް ބަންދު

Sstv FORM FOR EC

އެސްޓީއޯއިން ފިޔާގެ އަގު ހިފަހައްޓައި، އަންނަ ހަފުތާގައި ހޯލްސޭލްކުރަން ފަށަނީ

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވައިފި