ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހި37 ހާފިޒުން މި ރޯދަމަހު މާލެ ސަރަހައްދުގައި އިމާމުވެ ހިފްޒުކޮށް ތަރާވީސް ކުރާނެ: ޑރ. ޝަހީމް

hafizun
STO_Ads
TTH_Ads
Advertisement

މިފަހަރު މާލެ ސަރަހައްދުގައި ދިވެހި 37 ހާފިޒުން އިމާމުވެ ހިފްޒުކޮށް ތަރާވީސް ކުރާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

ވަޒީރު ވިދާޅުވި ގޮތުޔައި މީގެ ތެރެއިން ގިނައީ ވަރަށް ޒުވާން، އަދި ރީތިކޮށް ކިޔަވާނެ ހާފިޒުންނެވެ.

މި ފަހަރު ރޯދަ މަހު އިސްލާމީ މަރުކަޒާއި ސަލްމާން ސެންޓަރުގައި ވެސް ފާހަގަކޮށްލެވޭ ޒުވާން ޚަޠީބުންނަށް ޚުޠުބާ ކިޔަން ފުރުޞަތު ދޭނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

HajjCop_ads
MMA_Ads
Advertisement

އަދި އިސްލާމީ މަރުކާޒާއި ސަލްމާން ސެންޓަރުގައި އިމާމުވެ ތަރާވީސްކުރާނީ ދިވެހި ހާފިޒުން ކަން ވަޒީރު ފާހަގަ ކުރެއްވި އެވެ.

“ކުރުކޮށް ކިޔަވައި ނަމާދުކުރާ މިސްކިތްތައް އިތުރުކޮށްފައިވާނެ، އަދި ބޮޑެތި ބައެއް މިސްކިތްތަކުގައި ވެސް ކުރުކޮށް ކިޔަވައި ތަރާވީސް ނަމާދު ކުރުމަށް ފުރުޞަތު ފަހިކޮށްފައިވާނެ. އެއީ އެފަދަ ޖަމާޢަތްތަކަށް ގިނަ މީހުން އެއްވާތީވެ،” ޝަހީމް

ވަޒީރު ވިދާޅުވި ގޮތުގައި ޢާއްމުކޮށް ކުރުކޮށް ކިޔަވައި ތަރާވީސްކުރާ، މިސްކިތެއްކަމުގައިވާ މަޖީދީ މަގުގައި ހުންނަ ސުލްޠާން ޢާދިލް މިސްކިތް ( ގަލޮޅު ދަނޑު ކުރިމަތި) ގައި މިފަހަރު އެތާގައި ކުރާނީ ދިގުކޮށް ހިފްޒުކޮށެވެ. އަދި ބަރުބަރީ މިސްކިތުގައި ތަރާވީސް ކުރާނީ ކުރުކޮށް ކަމުގައި ވިދާޅުވި އެވެ.

“މިހެން ނިންމީ ޢާދިލް މިސްކިތުގައި ކުރުކޮށް ކުރާތީވެ، ޖަމާޢަތް ބޮޑުވެގެން ގޮސް މަޖީދީ މަގު ބްލޮކްވެ ރައްޔިތުންނާއި ސަވާރީތަކަށް ދަތިތައް ދިމާވާތީވެ އެކަމަށް ހައްލެއް ހޯދުމަށް،”

ވަޒީރު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ 2027 ގައި މާލެ ސަރަޙައްދުގައި އިމާމުވެ ތަރާވީސްކުރާ އެންމެހައި ހާފިޒުންނަކީ ދިވެހިންނަށް ވޭތޯ މަސައްކަތްކުރުން ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރައްދު ތަކުގައި މިފަހަރު ވެސް ގިނަ ޢަދަދެއްގެ ދިވެހި ހާފިޒުން އިމާމުވެ ތަރާވީސްކުރާނެކަން ފާހަގަ ކުރެއްވި އެވެ. މިފަހަރު މާލެ ސަރަޙައްދުގައި ބޮޑު ޖަމާޢަތްތަކުގައި އިމާމުވެ އީދު ނަމާދު ކުރާ ބޭފުޅުންގެ ތެރޭގައި ވެސް ފާހަގަކޮށްލެވޭ ޒުވާން ޚަޠީބުން ހިމެނޭނެ ކަމުގައި ވިދާޅުވި އެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާއަށް ހަމަވަނީ

ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަޢުދީގެ ޓީމެއް ރާއްޖެއަށް

43

ހުޅުމާލޭ ފޭސް2 ގައި ދެ މިސްކިތެއްގެ މަސައްކަތް ބާރަށް ކުރިއަށް އެބަދޭ

14 ރަށެއްގައި އިސްލާމީ ދާއިރާގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފި