ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިހާރު 18 ތަނަކުން އާސަންދައިން ނަންބަރު އައިނު ހެއްދޭނެ

TTH_Ads
STO_Ads
Advertisement

އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ފޯރުކޮށްދެމުންދާ ބައެއް ތަންތަނުން ހައްދާ ނަންބަރު އައިނުތަކަށް، އާސަންދައިގެ ޚިދުމަތް މިއަދުން ފެށިގެން ފޯރުކޮށްދެވޭނެކަމަށް އާސަންދަ ކޮމްޕެނީ ލިމިޓެޑުން ވިދާޅުވެއްޖެއެވެ.

އެ ތަންތަނުގެ ތެރޭގައި، މާލެ ސަރަހައްދުގެ ގިނަ އަދަދެއްގެ ކްލިނިކްތަކާއި އައިނު ފިހާރަތަކާއި، ހޮސްޕިޓަލްތައް ހިމެނޭގޮތަށް ޖުމްލަ 18 ތަނެއް ހިމެނެއެވެ.

ޕްރިސްކްރިޕްޝަން ގްލާސަސް ނުވަތަ ނަންބަރު އައިނު ހެއްދުމުގެ ޚިދުމަތް، ރައްޔިތުންނަށް ލުއިފަސޭހަވާނެ ފަދަ ގޮތަކަށް ހަމަޖެއްސުމުގެ ގޮތުން މި ޚިދުމަތް އިތުރަށް ފުޅާކޮށް ކްލިނިކްތަކުގައި އަދި އައިނު ފިހާރަތަކުގައި ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓުން، ޕްރިސްކްރައިބްކުރާ އައިނުތަކަށް އާސަންދައިގެ ދަށުން ކަވަރޭޖް ލިބޭނެ ގޮތްވަނީ ހަމަޖައްސާފައެވެ.

HajjCop_ads
MMA_Ads
Advertisement

އާސަންދައިން ވިދާޅުވީ، ޕްރިސްކްރިޕްޝަން ގްލާސެސް ނުވަތަ ނަންބަރު އައިނުތަކަށް އާސަންދަ ސްކީމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެމްޕެނަލްކުރެވިފައިވޭ އައިނު ފިހާރަތަކުން ރަޖިސްޓަރވެފައިވާ އޮޕްޓޮމެޓްރިސްޓުން ދޫކުރާ ޕްރިސްކްރިޕްޝަންތަކަށްވެސް އައިނު ހެއްދުމުގެ ޚިދުމަތް ލިބިގެންދާނެކަމަށެވެ.

އާސަންދައިން އައިނު ހެއްދޭނެ ތަންތަން:
• އޭޑީކޭ ހޮސްޕިޓަލް
• އެޑްވާންސް އައި ކްލިނިކް
• އެޑްވާންސް މެޑިކަލް ކްލިނިކް
• އެއިމްސް ޑައިގްނޯސްޓިކް ކެއަރ
• އާޒިމް ނައީމް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރ
• ޗިޓީ އޮޕްޓިކަލް ކްލިނިކް
• އައި ކެއަރ ކްލިނިކް
• އައި ކެއަރ ކްލިނިކް ހުޅުމާލެ ބްރާންޗް
• އައި ކެއަރ ހޮސްޕިޓަލް
• އައި ކެއަރ ހޮސްޕިޓަލް ހުޅުމާލެ
• ފަރޫކް ހެލްތު ކެއަރ
• މަލްޑިކެއަރ
• ނޫސަންދާ
• ސެނަހިޔާ
• ޓްރީޓޮޕް ހޮސްޕިޓަލް
• ވިޝަން ކްލިނިކް
• ޕަބްލިކް ހެލްތު ފެސިލިޓީސް

އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ސަރުކާރުން ވަނީ އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލްގައި އައިނު ފިިހާރާއެއްވެސް ހުޅުވާފައެވެ. އަދި އާސަންދަ ސްކީމްގެ ދަށުން އައިނު ހައްދަން ދޭ އެހީވެސް މި ސަރުކާރުން ވަނީ ބޮޑުކޮށްފައެވެ.

ހެލްތު އިންޝުއަރެންސްގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް މީގެ ކުރިން ދެމުން ދިޔައީ ކޮންމެ ދެއަހަރުން އެއް އަހަރު 1000 ރުފިޔާގެ އެހީތެރި ކަމެކެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އައިނު ހައްދަން ދޭ އެހީ 2000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

asanda zeeniya

އާސަންދައިގެ ޚިދުމަތްތައް ޑިޖިޓަލައިޒްވުމުން މިހާރަށްވުރެ އަވަސްވާނެ: ޒީނިޔާ

Aasandha

ލަންކާގެ އިތުރު ހޮސްޕިޓަލްތަކުން އާސަންދަ ހަމަޖައްސަނީ

Asanda

މިއަދުންފެށިގެން “މެޑިކަލް ވެލްފެއަރ ސްކީމް”ގެ ދަށުން ދެމުންގެންދާ ޚިދުމަތްތައް އާސަންދައަށް

އެމްބިއުލާންސްގައި މައްޔިތުން އުފުލާ ނަމަ، އާސަންދަ ލިބޭނެ ގޮތް ހަދައިފި