ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޅުދުއްފުށި ސިޓީގައި ސިންތެޓިކް ރަނިންގ ޓްރެކެއް އަޅަން ހަވާލުކޮށްފި

STO_Ads
TTH_Ads
Advertisement

ކުޅުދުއްފުށި ސިޓީގައި ސިންތެޓިކް ރަނިންގ ޓްރެކެއް ޤާއިމުކުރުމުގެ މަސައްކަތް ފެޑޯ ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައެވެ.

މި އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ފަޔާޟްއެވެ. އަދި މަސައްކަތުގެ ކޮންޓްރެކްޓަރ، ފެޑޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެޗް.އާރް މެނޭޖަރ އާދަމް ފަޙުނުއެވެ.

HajjCop_ads
Advertisement

މި މަޝްރޫޢާ ގުޅިގެން ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ފަރުހަތު މުހައްމަދު (ފަރޭ) ވިދާޅުވީ، މިއަދު މި ސޮއިކުރެވުނު ސިންތެޓިކް ޓްރެކަކީ ކުޅުދުއްފުށި ސިޓީގެ ރައްޔިތުން ދެކެމުން އައި ވަރަށް ބޮޑު ހުވަފެނެއް ހަޤީޤަތަކަށް ބަދަލުވާން ފެށުން ކަމަށެވެ. އަދި މިއީ އަތޮޅުތެރޭގެ ރަށެއްގައި ގާއިމުކުރެވޭ މިފަދަ ފުރަތަމަ ސިންތެޓިކް ޓްރެކްކަންވެސް މެންބަރު ފާހަގަކުރެއްވިއެވެ.

“މި ކަމުންވެސް މި އެނގި ހާމަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މި ސިޓީގެ ތަރައްޤީއަށް އިސްކަން ދޭ މިންވަރު. އަދި ހަމަ އެހެންމެ ކުޅިވަރާ ބެހޭ ވުޒާރާއިން މި ސިޓީއަށް ބާއްވާ ގާތްކަންވެސް މި ކަމުން ހާމަވެގެންދޭ،”މެންބަރު ފަރުހަތު

ކުޅުދުއްފުށި ސިޓީގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މީގެ ކުރިން ވަނީ ރާއްޖޭގައި މުޅިން އަލަށް ގާއިމުކުރެވުނު ބީޗް އެރީނާވެސް އެ ސިޓީގައި ގާއިމުކޮށްދީފައެވެ.

މި ސިންތެޓިކް ޓްރެކްގެ މަސައްކަތާއެކު އެ ސިޓީގެ އެތުލީޓުންނަށާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ބޮޑެތި ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

4 Suspects b3de25b0ae

މަސްތުވާތަކެއްޗާއެކު ކުޅުދުއްފުށިން 4 މީހަކު ހައްޔަރުކޮށްފި

HOJGFv1awAEQtbz

ކުޅުދުއްފުށީގައި ޕިކްޕޯސްޓްގެ ޚިދުމަތް ފަށައިފި

ކުޅުދުއްފުށިގައި އޮޕަރޭޝަން ޑޮކްޓަރުންގެ ކޭމްޕެއް ފަށައިފި

43

ކުޅުދުއްފުށީގައި ހުއްޓުވި ޓްރާންސްޕޯޓުގެ ހިދުމަތްތައް އަލުން ފެށުމަށް އެލްޖީއޭއިން އަންގައިފި