ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެސްޓީއޯ ފާރމަސީތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް ބަދަލު ކުރުމަށް ނިންމައިފި

STO_Ads

އެސްޓީއޯގެ ފާރމަސީތައް ސަރުކާރުގެ ބޭސް ކުންފުނި “ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް”ގެ ދަށަށް ބަދަލު ކުރުމަށް ނިންމައިފިއެވެ.

މި ކުންފުންޏަކީ، ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ޙިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެކެވެ.

ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން އެސްޓީއޯއިން ވިދާޅުވީ، އެސްޓީއޯގެ ފާރމަސީތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް ބަދަލު ކުރުމަށް ނިންމާ އެކަމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެކި މަރުހަލާތަކަށް ބަހާލައިގެން އެ މަސައްކަތް ކުރާއިރު އަންނަ މަހުގެ 15ގެ ނިޔަލަށް ފާރމަސީތައް ބަދަލުކޮށް ނިމޭނެ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. މިމަސައްކަތުގެ ދަށުން އެސްޓީއޯގެ 190 އަށްވުރެ ގިނަ ފާރމަސީ ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ.

Maldivian_Ads

ކުންފުނީގެ ޤާނޫނުގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން “ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް” ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ސަރުކާރުގެ ކުންފުންޏެއް އުފައްދަވާފައިވަނީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހުއެވެ.

މިއީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެ ކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަޤުސަދުގައި އުފައްދަވާފައިވާ ކުންފުންޏެކެވެ.

ބޭސް ލިބުން ދަތިވާ މައްސަލަ ޙައްލު ކުރުމަށް ސަރުކާރުން ދަނީ، ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިކަމުގެ ދަށުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ބޮޑެތި ލުއިތަކާއި، ކުރިއެރުން ދަނީ ލިބެމުންނެވެ. ބޭހުގެ މައްސަލަ ޙައްލުވެގެން އަންނައިރު ރާއްޖޭގެ އެޕްރޫވްޑް ޑްރަގް ލިސްޓުވެސް އިތުރުކުރެވި ބޭނުންވާ ޒަރޫރީ ބޭހުގެ ލިސްޓުވެސް ފުޅާވެގެންދާނެއެވެ.

ބޭހުގެ މައްސަލަ ޙައްލު ކުރުމުގެ ގޮތުން ބޭހުގެ ސަޕްލައިވެސް ވަނީ ހަރުދަނާކޮށްފައެވެ. ރާއްޖެއަށް ބޭސް އެެތެރެކުރާ މިންވަރު އެތަށް ގުނައެއް އިތުރުކޮށްފައިވާއިރު، މީގެ ކުރިން އެސްޓީއޯއިން އެތެރެ ކުރި 200 އެއްހާ ބޭސް މިހާރު ވަނީ 800އާއި 900 ދެމެދަށް އިތުރުކޮށްފައެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Img md 202604090648201775742500.4748

އެސްޓީއޯ ރަމަޒާން ބާޒާރު ލަކީ ޑްރޯގެ ނަސީބުވެރިއެއް ހޮވައިފި

ބަންކަރިން ޚިދުމަތުން ލިބުނު އާމްދަނީ 730 މިލިއަން ރުފިޔާއަށް އަރައިފި

maldive gas

ރާއްޖެއަށް ބޭނުންވާ ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް މާކެޓަށް ނެރެފި

Oo

އިތުރު 1500 ޓަނުގެ ގޭސް ސްޓޯރޭޖެއް ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި