ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަށްރަށާ 1 ކިލޯމީޓަރު ކައިރީގައި ސަފާރީ އެޅުން މަނާކޮށް، ލޯކަލް ޓޫރިޒަމްގެ ގަވާއިދު ހަރުދަނާކުރަނީ

Maldivian_Ads
STO_Ads
TTH_Ads
Advertisement

ރަށްރަށަށް ގަވާއިދާ ޚިލާފަށް ބަނގުރާ އެތެރެވުން ހުއްޓުވުމަށާއި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށްޓަކައި، މީހުން ދިރިއުޅޭ ރަށްރަށުގެ އެއް ކިލޯމީޓަރު ކައިރީގައި ސަފާރީ އުޅަނދުތައް ބަނދަރުކުރުން މަނާވާ ގޮތަށް ގަވާއިދު އިސްލާހުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މައި އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، ލޯކަލް ޓޫރިޒަމް ހިންގާ ރަށްރަށާ ކައިރީގައި ސަފާރީތައް ބާއްވައިގެން ޓޫރިސްޓުންނަށް ރާ ވިއްކުމުގެ ހުއްދައިގެ ނާޖާއިޒު ފައިދާ ނަގަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ރަށްރަށަށް ރާ ވިއްކުމާއި އެނޫންވެސް ނޭދެވޭ އަމަލުތައް ހިންގުން ހުއްޓުވުމަށްޓަކައި، ގަވާއިދަށް ގެންނަ ބަދަލާއެކު ދެން ސަފާރީތައް ބޭއްވޭނީ މީހުން ދިރިއުޅޭ ރަށްރަށާ މަދުވެގެން އެއް ކިލޯމީޓަރު ދުރުގައެވެ.

މީގެ އިތުރުން، ރަށްރަށުގައި ފަތުރުވެރިން އުޅޭއިރު ހިފަހައްޓަންޖެހޭ ދީނީ އަދި އަހުލާގީ މިންގަނޑުތަކާއި ހެދުން އެޅުމުގެ ގަވާއިދުތައްވެސް އިސްލާހުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ބަދަލުތައް ގެނައުމުގެ ބޭނުމަކީ ފަތުރުވެރިންގެ ފަރާތުން ފެންނަ ނޭދެވޭ ކަންކަމާ ގުޅިގެން ރައްޔިތުން ކުރަމުންދާ ޝަކުވާތަކަށް ހައްލު ހޯދައިދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

HajjCop_ads
Advertisement

ރައީސް އިތުރަށް ވިދާޅުވީ މި ކަންކަން ތަންފީޒުކޮށް ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވަނީ ކައުންސިލްތަކަށް ކަމަށެވެ. އެގޮތުން ލޯކަލް ޓޫރިޒަމްގެ ކަންކަން ބެލެހެއްޓުމަށް ރަށްރަށުގައި ޚާއްސަ އޮފީހެއް ގާއިމުކުރުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށާއި، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކުން މިކަންކަން ހަރުދަނާކަމާއެކު ބަލަހައްޓާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Large thumb

ހެޔޮ ވެރިކަމެއް ކޮށްދެއްވާ ހަމައެކަނި ލީޑަރަކީ ރައީސް ޑރ. މުޢިއްޒު: މުޙައްމަދު އިސްމާޢީލް

Pnc abdulraheem

ރައީސް ޔާމީނުގެ ވެރިކަން ނިމުނީ އަނބި ދަށުވީމަ: އަބްދުއްރަހީމް

PNC

ކޮންގްރެސް ޕާޓީގެ ފޯރިގަދަ ޖަގަހަ ޖަލްސާ މިރޭ އޮންނާނެ

mp falah

މެމްބަރުން ތިބީ ރައީސާއެއްކޮށް ގަދަކޮށް: ފަލާހް