ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުށްކުރާ ގްރޫޕެއް ގޭންގެއްގެ ގޮތުގައި ކަނޑައެޅުމަށް ޕީޖީއަށް ފޮނުވައިފި

Police vcle
ފުލުހުންގެ ވެހިކަލެއް — ފޮޓޯ: ޕޮލިސް
STO_Ads
TTH_Ads
Advertisement

ގޭންގު ކުށްތައް ހުއްޓުވުމާ ބެހޭ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ކުށްކުރާ ގްރޫޕެއް ގޭންގެއްގެ ގޮތުގައި ކަނޑައެޅުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ދިވެހި ފުލުހުންގެ ހިދުމަތުން ފޮނުވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގޭންގް ކްރައިމް އެންފޯސްމެންޓް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގް އާދަމް ވިދާޅުވީ ގޭންގެއްގެ ގޮތުގައި ކުށްކުރާ ގުރޫޕެއް ކަނޑައެޅުމުގެ މައްސަލައެއް ޕީޖީ އޮފީހަށް ފޮނުވުމުން، އެ އޮފީހުން އެ މައްސަލަ ފުރިހަމަކުރުމުގައި ފުލުހުން ފުރިހަމަކުރަންޖެހޭ ބައެއް ކަންކަމާ ގުޅޭ ލަފައާއި އިރުޝާދު އެ ހިދުމަތަށް ދީފައިވާ ކަމަށެވެ.

މިހާރު އަމަލުކުރަން ފަށާފައިވާ ގޭންގް ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު”ގައި ބަޔާންކުރާ ގޮތުން ކުށްކުރާ ގުރޫޕެއް އެ ގާނޫނުގެ ބޭނުމަށް ގޭންގެއް ކަމުގައި ކަނޑައެޅުމަށް ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލައެއް ހުށަހަޅައި، އެ މައްސަލަ ޕީޖީ އޮފީހުން ދިރާސާކުރުމަށްފަހު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅަންޖެހެއެވެ.

HajjCop_ads
Advertisement

ޕީޖީ އޮފީހުން ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް، އެ މައްސަލަ ދިރާސާކޮށް ގޭންގެއްގެ ގޮތުގައި ކުށްކުރާ ގްރޫޕެއް ކަނޑައެޅުމުގެ ބާރު ލިބިފައިވަނީ ހައިކޯޓަށެވެ.

“ގޭންގެެއް ކަނޑައެޅުމަށްޓަކައި އެއް މައްސަލަ ވާނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި. އެ މަސައްކަތުގައި ޕީޖީ އޮފީހުން އަޅުގަނޑުމެންނަށް ލަފާދީފައި ހުރި ކަންކަން މިހާރު މި ގެންދަނީ ކުރަމުން،” މިހާރު ޕީޖީ އޮފީހަށް ހުށަހަޅާފައި އޮތް މައްސަލަައިގެ ތަފުސީލު ހިއްސާކުރައްވަމުން އިސްހާގު ވިދާޅުވިއެވެ.

އިސްހާގު އިތުރަށް ވިދާޅުވީ މާލޭގެ އިތުރަށް އަތޮޅު ތެރެއިންވެސް ގާނޫނުގައި ބަޔާންކުރާ ޝަރުތު ފުރިހަމަވާ ގުރޫޕުތައް ދެނެގަތުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށާއި، ގޭންގު ކުށްތައް ހުއްޓުވުމާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށިފަހުން އެފަދަ ކުށްކުރާ މިންވަރު ވަރަށް ބޮޑަށް މަދުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މަގުމަތީގައި ނުރައްކާތެރި ކުށްކުރާ ގުރޫޕުތައް ހަރަކާތްތެރިވަމުން އައިކަން ފާހަގަކުރެވުނު ކަމަށާއި، ނަމަވެސް އެ ގާނޫނު ވުޖޫދުވުމަށްފަހު އެފަދަ ގުރޫޕުތަކާއި ގްރޫޕުތަކުން ކުރާ ކުށްތައްވެސް މަދުވެފައިވާކަން ފާހަގަކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑު މި ޕްރެސް ކޮންފަރެންސްގައި ފާހަގަކޮށްފައި އޮންނާނެ، މި އަހަރުގެ އޮގަސްޓްމަހުން ފެށިގެން ހުށަހެޅޭ މައްސަލަތަކާ އަޅުގަނޑުމެންގެ އޮޕަރޭޝަންސް ޓީމްތަކަށް ފާހަގަވާ އަޅުގަނޑުމެންގެ އިންޓެލިޖެންސް ޓީމްތަކަށް ލިބޭ މައުލޫމާތުތަކަށް ބަލާއިރު މިކަންކަން ވަރަށް މަދޭ، މި އަހަރު ކުރީކޮޅާ އަޅާބަލާއިރު މިއަހަރު ފަހުކޮޅު އަދި އިންތިހާއަށް މިކަންކަން މަދުވެފައި ވަނީ.”

ކުށްކުރާ ގުރޫޕުތައް  ހުއްޓުވައި ރާއްޖޭގެ އަމާންކަން ކަށަވަރުކުރުމަށް ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ސަބަބުން އައު މަގުތަކެއް ފަހިކުރެވިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. އަދި އެ ގާނޫނުގެ ސަބަބުން ފުލުހުން އެ މަސައްކަތުގައި ބާރުވެރިކުރެވިގެންދާނެކަން އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފުލުހުންގެ އިންސްޕެކްޓަރ ކޯސް 6 ފަށައިފި

ހައްދުފަހަނައަޅާ ދިއުމުގެ އަމަލުތަކާ ގުޅޭ ތަހުގީގަކަށް ދެ މީހަކު ހޯދަނީ

މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން މީހަކު ހައްޔަރުކޮށްފި

Main 20250516

އަހަރުގެ ފުރަތަމަ 6 މަސްދުވަހު މާލެ ސަރަހައްދުގައި 1355 އެކްސިޑެންޓު