ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލް އިން ހުޅުމާލޭގައި އިމާރާތްކުރާ 2000 އަށްވުރެ ގިނަ ފްލެޓްގެ މަސައްކަތް ޖެނުއަރީ ގައި ފަށަނީ

Whatsapp image 2025 12 29 at 18.28.06
Maldivian_Ads
STO_Ads
TTH_Ads
Advertisement

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ހުޅުމާލޭގައި އަލަށް އިމާރާތްކުރާ އެފޯޑަބަލް ހައުސިން ޔުނިޓުތައް އިމާރާތް ކުރުމުގެ ދެ މަޝްރޫއުގެ މަސައްކަތް މިއަދު ބަޔަކާ ހަވާލުކޮށް، އަންނަ ޖެނުއަރީ މަހު އަމަލީ މަސައްކަތް ފަށަން ނިންމައިފި އެވެ.

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީއަކީ ​​​މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން (އައިއެންއޭއެޗް) ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލް ކުރުމަށް ބީއެމްއެލް އިން އުފެއްދި އެ ބޭންކުގެ ސަބްސިޑިއަރީ ކުންފުންޏެކެވެ.

އެމްއެމްއޭ އިން ކަނޑައަޅާފައިވާ ގަވާއިދުގެ ދަށުން، ރާއްޖޭގެ ކޮމާޝަލް ބޭންކުތަކުން ދޫކުރާ ޖުމްލަ ލޯނު ޕޯޓްފޯލިއޯގެ 10-15 ޕަސެންޓާ ދެމެދުގެ އަދަދެއް އެފޯޑަބަލް ހައުސިން އަށް ހާއްސަކުރަން ވަނީ ލާޒިމް ކޮށްފަ އެވެ.

HajjCop_ads
Advertisement

​​​ބީއެމްއެލް އިން ބުނި ގޮތުގައި، އެ ބޭންކުގެ ސަބްސިޑަރީ ކުންފުނީގެ ހައުސިން ޔުނިޓުތައް އިމާރާތް ކުރުމަށް ހަވާލުކުރީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކޮށްލެވޭ، ޗައިނާގެ މަޝްހޫރު ދެ ކުންފުންޏެއް ކަމަަށްވާ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ އެވެ.

އައިއެންއޭއެޗް ފްރޭމްވޯކާ އެއްގޮތަށް ހިންގާ އެ މަޝްރޫއުތަކުގައި ފެންވަރު ރަނގަޅު ހައުސިން ޔުނިޓުތައް އިމާރާތްކޮށް، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ނިންމާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީޔޫސީޖީއާ ހަވާލުކުރީ ހުޅުމާލޭ ޒޯން 2ގެ ޖުމްލަ 13،475 އަކަފޫޓުގެ ސަރަހައްދެއްގެ ހަތަރު ބިމެއްގައި 1،117 ހައުސިން ޔުނިޓު އިމާރާތް ކުރާށެވެ.

ބީޔޫސީޖީއަކީ ބައިނަލްއައަގުވާމީ ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ އަދި ރާއްޖޭގައި އެކި ޕްރޮޖެކްޓްތައް މީގެ ކުރިން ވެސް ހިންގި ކުންފުންޏެކެވެ. އޭގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ތަރައްގީ ކުރުން ފަދަ ބޮޑެތި މަޝްރޫއުތަކެއް ހިމެނެ އެވެ.

ބީއެމްއެލް އިން ބުނީ، ސީއެމްއީސީއާ ހަވާލުކުރީ ހުޅުމާލޭގައި 1،224 އެފޯޑަބަލް ހައުސިން ޔުނިޓް އިމާރާތް ކުރަން ކަމަށެވެ. އެއީ ވެސް އިމާރާތް ކުރުމުގެ ފާހަގަކޮށްލެވޭ އަދި ހުޅުމާލޭގެ ވިނަރެސް ހައުސިން ޕްރޮޖެކްޓް ނިންމި ކުންފުންޏެވެ. މިހާރު ވެސް ސީއެމްއީސީން އަންނަނީ ގުޅިފަޅާއި ހުޅުމާލޭ 2ގެ އިންފްރާސްޓްރަކްޗާ މަސައްކަތް ކުރަމުންނެވެ.

“​​​މި ކޮންޓްރެކްޓަރުން ހޮވާފައިވަނީ އެމްއެމްއޭގެ އިންކްލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިން ސްކީމްގެ ދަށުން ގާއިމުކޮށްފައިވާ ގަވާނަންސް އަދި ރިސްކް ސްޓޭންޑާޑްތަކާ އެއްގޮތަށް ކުރިއަށް ގެންދިޔަ އިވެލުއޭޝަން މަރުހަލާ ފުރިހަމަކުރުމަށް ފަހުގަ އެވެ،” ބީއެމްއެލުން ބުންޏެވެ.

“އެގޮތުން، އެއްބަސްވުން ގާއިމުކުރެވުނު ދެ ކުންފުންޏަކީ ވެސް މާލީ ގޮތުން ގާބިލު، ބައިނަލްއަގުވާމީ މަޝްރޫއުތައް މެނޭޖްކުރުމުގެ ތަޖުރިބާ ހުރި އަދި ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ މާހައުލު ރަނގަޅަށް ދަންނަ ދެ ކުންފުންޏެވެ.​​​”

​​​ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ ހިންގަނީ ބީއެމްއެލް އިން ބުނި ގޮތުގައި އެމްއެމްއޭގެ ހުއްދައާ އެކު، ޝަރީއާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ބީއެމްއެލް އިން ބުނީ، އެ ބޭންކާއި ހައުސިން ސަބްސިޑަރީ ކުންފުނިން އަންނަނީ ގައުމީ ބޯހިޔާވަހިކަމުގެ އިސްކަންދޭ ކަންކަމަށް އެއްބާރުލުންދީ، އެންމެންނަށް ބައިވެރިވެވޭ އަދި ހަރުދަނާ މާލީ ނިޒާމެއް ގާއިމުކުރުމަށް އެމްއެމްއޭ އިން ގެންގުޅޭ ތަސައްވަރާ އެއްގޮތަށް، ހެޔޮ އަގެއްގައި އަމިއްލަ ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު އިތުރު ކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކޮށްދެމުން ކަމަށެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ލޯނުތައް އިސްލާމިކް ފައިނޭންސިން ފެސިލިޓީއަށް ބަދަލުކުރުމަށް ޚާއްސަ އޯޕަން ޑޭއެއް ބާއްވަނީ

bml

ކަސްޓަމަރުންނަށް ކޮންމެ މަހަކު 81 މިލިޔަން ޑޮލަރު ވިއްކާފައިވޭ: ބީއެމްއެލް

bml

އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ލޯނުތައް އިސްލާމިކް ބޭންކިންގ އުސޫލުން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ނިންމައިފި

bml

އީ-ކޮމާސް މުއާމަލާތްތަކަށް މަހަކަށް 16 މިލިއަން ޑޮލަރު ބީއެމްއެލްއިން ކަނޑައަޅައިފި