ގައުމިއްޔަތުގެ ދާއިރާއިން މާސްޓާސްއަށް ކިޔަވައިދޭން އަންނަ އަހަރު ރާއްޖޭގައި ފެށުމަށް ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހީމެވެ.

އާދަމް ނަސީރު ވިދާޅުވީ، ގައުމިއްޔަތުގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށް ދާއިރާގެ ތައުލީމު ފޯރުކޮށްދިނުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުއިއްޒު މާސްޓާސްގެ 50 ސްކޯލާޝިޕެއް ދެއްވާފައިވާ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

"އެ ފަށައިގަތުމުގެ ތަމްރީނުތައް މިހާރު ކުރިއަށް އެ ދަނީ އަޅުގަނޑުމެންގެ ވުޒާރާގައި. މި މަސައްކަތް ކުރިއަށް އެބަދޭ. މި ކޯސްތަކުގެ ރަސްމީ ކިޔެވުން އިސްލާމީ ޔުނިވާސިޓީގައި ފެށިގެން ކުރިއަށް ދާނެ،" އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން ކުރި މަސައްކަތުން ގައުމިއްޔަތުގެ އިލްމީ މަފްހޫމުތައް 3،000އަށް ވުރެ ގިނަ ފަރާތްތަކަށް މިހާރު ފޯރުކޮށްދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ދިވެހި ގައުމިއްޔަތުގެ އިސްވަރު"ގެ ނަމުގައި މި ސަރުކާރުން ވަނީ އޮފީހެއް ހުޅުވައި، ސްކޫލްތަކުގައި ގައުމިއްޔަތު ކިޔަވައިދޭން ފަށާފައެވެ.