ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގަވާއިދާހިލާފަށް ބިދޭސީން ގެނެސް މަނީލޯންޑަރ ކުރި ބަންގްލަދޭޝް މީހަކަށް ތިން އަހަރުގެ ޖަލު ހުކުމް

criminal court
TTH_Ads
Maldivian_Ads
STO_Ads
Advertisement

ރާއްޖެއަށް ގަވާއިދާހިލާފަށް ބިދޭސީން އެތެރެކޮށް މަނީލޯންޑަރިން ހިންގި ބަންގުލަދޭޝްގެ ރައްޔިތަކަށް ކުރިމިނަލް ކޯޓުން ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މި މައްސަލައިގައި ޖަލަށްލައިފައިވަނީ ޝަހާދަތު ހޮސައިން އަށެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އެމްޕްލޯއިމެންޓް އެޖެންސީ ހިންގާ އުސޫލުން ބިދޭސީން ރެކްރޫޓްކުރުމުގެ ކަމުގައި ބުނެ، ނަމަވެސް ފަހުން އޭނާ ވަނީ ގަވާއިދާހިލާފަށް ވަޒީފާދޭ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުގެ ރެޕްރެޒެންޓިވްއެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ.

ދައުލަތުން ހުށަހަޅާފައިވާ ދައުވާގައިވާ ގޮތުގައި ޝަހާދަތު ހޮސައިން ވަނީ ބިދޭސީން ރާއްޖެ ގެނައުމަށް ސައްހަނޫން ލިޔުންތައް ހަދައިގެން، އެ ލިޔުންތަކުގެ ބޭނުން ހިފައިގެން އިމިގްރޭޝަންގެ ތެރެއިން ގަވާއިދާހިލާފަށް ކޯޓާ ހަމަޖައްސައި، އެ މަސައްކަތުން ލިބުނު ފައިސާ އޭނާގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައެވެ. 2019 އޮކްޓޫބަރު 15 އިން ފެށިގެން 2024 އޮކްޓޫބަރު 15 ގެ ނިޔަލަށް އޭނާގެ އެކައުންޓުގައި 8.2 މިލިއަން ރުފިޔާ ޖަމާވެފައިވާކަން ދައުވާގައި ފާހަގަކޮށްފައިވެއެވެ.

HajjCop_ads
Advertisement

އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާތަކަކީ މަނީލޯންޑަރިން، ރިޝްވަތު ދިނުން، ހުއްދަ ނުނަގާ ހުއްދަ ލާޒިމުކަމެއް ކުރުން، އަދި ސައްހަނޫން ލިޔުންތައް އުފެއްދުމުގެ ދައުވާތަކެވެ. މި ހުރިހާ ދައުވާތަކަށް ޝަހާދަތު ހޮސައިން ވަނީ އިއުތިރާފުވެ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ.

އެއްބަސްވުމުގެ ދަށުން މަނީލޯންޑަރިންގެ ކުށަށް ދެ އަހަރާއި ހަ މަސްދުވަހުގެ ޖަލު ހުކުމާއި 53،400 ރުފިޔާގެ ޖޫރިމަނާއާއި، ރިޝްވަތުގެ ކުށަށް ހަ މަސްދުވަހުގެ ޖަލު ހުކުމާއި 21،600 ރުފިޔާގެ ޖޫރިމަނާ އިއްވައިފައިވެއެވެ. ބާކީ ދެ ދައުވާ ދައުލަތުން އަނބުރާ ގެންދިޔައެވެ. ޝަހާދަތު ހޮސައިންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި ކުރިމިނަލް ކޯޓުން ހުކުމްކުރީ އޭނާ ތިން އަހަރަށް ޖަލަށްލުމަށާއި 75،000 ރުފިޔާގެ ޖޫރިމަނާ ކުރުމަށެވެ. އޭނާ ބަންދުގައި ހޭދަކުރި 10 މަހާއި 17 ދުވަސް އުނިކުރުމުން ތަންފީޒު ކުރަންޖެހޭ ޖަލު އަދަބަކީ ދެ އަހަރާއި އެއް މަހާއި 12 ދުވަހެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

B 202608211131291787337089.2823

ބަންގްލަދޭޝްގެ އާ ރައީސަށް، ރައީސް މަރުޙަބާ ވިދާޅުވެއްޖެ

Main 20260817

ކޯޓުތަކުގެ ހުކުމްތައް އެއްތަނަކުން ބަލާލެވޭ އޭއައި ވެބްސައިޓް ސަރިޔަތް ލޯންޗްކޮށްފި

988

ރާއްޖޭގައި ބަންގްލަދޭޝް މީހުންނަށް ވަޒީފާގެ އިތުރު ފުރުސަތުތައް ހޯދައިދިނުމަށް އެ ގައުމުން އެދިއްޖެ

Qw

ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ގިނަ އަދަދެއްގެ އަނބު ހަދިޔާކޮށްފި