ރައްކާތެރިކުރުމުގެ އަމުރަކާ ހިލާފުވި މީހަކު ހަ މަހަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ރައްކާތެރިކުރުމުގެ އަމުރަކީ ގެވެށި އަނިޔާގެ އަމަލެއް ހިނގާހިނދު، އެ އަމަލުގެ ޝިކާރައަކަށްވާ މީހާ، އެފަދަ އަނިޔާގެ އަމަލެއް ތަކުރާރުވުމުން ސަލާމަތްކޮށް، އެފަރާތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކޯޓުން ނެރޭ ގާނޫނީ އަމުރެކެވެ.


ކުރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން، އދ. ދަނގެތި، މަލަސް، މުސްތަފާ އަލީ، ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވުމުގެ ކުށުން ކުށްވެރިވެފައިވާ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

އެހެންވެ އޭނާ ހަ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކަމަށް ވެސް ކުރިމިނަލް ކޯޓުން ބުންޏެވެ.

ކުރިމިނަލް ކޯޓުން މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން މި މައްސަލައިގެ ރިޕޯޓް އެ ކޯޓުގެ ވެބްސައިޓަށް އަޕްލޯޑް ކޮށްފައެއް ނުވެއެވެ.