ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިނގިރޭޓު ވައްކަން: ވަހީދާއި އާއްޓެ އަދި މުއާޒުގެ ޝަރީއަތް މިއަދު ފަށަނީ

TTH_Ads
STO_Ads
Advertisement

ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބަނދަރުގައި ބަހައްޓާފައި ހުއްޓައި ގެއްލުނު މައްސަލައިގައި ވިޔަފާވެރިޔާ މުހައްމަދު ވަހީދު (ދިގަލި)، ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އަދި ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުއާޒު އަލީ ޝަރީއަތް މިއަދު ފަށާ ގޮތަށް ހަމަޖެހިއްޖެއެވެ.

ކުރިމިނަލް ކޯޓުން އެ ތިން މީހުންގެ ޝަރީއަތް ތާވަލުކޮށްފައިވަނީ މެންދުރުކުރި 11:00 ޖަހާއިރަށެވެ.

ދިގަލި، އާއްޓޭ އަދި މުއާޒުގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް ކޮށްފައެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުމާއި ވައްކަން ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާގެ އިތުރުން ވައްކަން ކުރުމުގެ ކުށުގެ ދައުވާއެވެ.

HajjCop_ads
MMA_Ads
Advertisement

އޭގެއިތުރުން ކަސްޓަމްސްގެ އިސް އޮފިސަރެއް ކަމަށްވާ ޒިވާރު އިސްމާއިލް އާއި އެމްޕީއެލްގެ ދެ މުވައްޒަފުން ކަމަށްވާ ހދ. ވައިކަރަދޫ ނޫރަލީގޭ، އަހުމަދު ޝަހީމާއި ހ. ރުމޭނިއާ، އަހުމަދު ފިރުސާންގެ މައްޗަށް ވެސް އެ ދައުވާތައް ވަނީ އުފުލައިފައެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމާއި ވައްކަންކުރުމުގެ ކުށުގެ ދައުވާ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުމުގެ ކުށުގެ ދައުވާ އަދި ވައްކަން ކުރުމުގެ ކުށުގެ ދައުވާއެވެ.

މީގެ އިތުރުން އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ ސ. ހިތަދޫ ޗާންދަނީގޭ ހުސައިން ސާމިހު އަދި ސިނގިރޭޓް ދެ ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން އާދަމް ވަހީދުގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އަދި ވައްކަންކުރުމުގެ ކުށުގެ ދައުވާއެވެ.

ބަންގްލަދޭޝް މީހެއް ކަމަށްވާ މުހައްމަދު އަލަމިން މިއާ އާއި ކ. ތުލުސްދޫ، ލިންކް ހަސަން އަބްދުއްރަހުމާނުގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުގެ ދައުވާއި ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

މީގެއިތުރުން ދަފްތަރު ނަންބަރު ރސ 1355، މުހައްމަދު ޝަރީފުގެ މައްޗަށް ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމާފައިވެއެވެ. އެއީ ޖިނާއީ ކުށެއްގެ ދައުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައިވާ ކަމަށް ނުފެންނާތީ ކަމަށް ޕީޖީން ބުނެފައިވެއެވެ.

މި މައްސަލައިގައި ޕީޖީ އޮފީހުން އެދިގެން ދެ ވިޔަފާރިވެރިން ކަމަށްވާ ދިގައްޔާއި އާއްޓެ އަދި ހަސަން އަބްދުއްރަހުމާން ބަންދުން ވަނީ ދޫކޮށްލައިފައެވެ. ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި އެމީހުން ބަންދުން ދޫކޮށްލަން އެދުނީ އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ އެ ކުށް ކުރުމަށް ރޭވުން ކަމަށްވާ އިރު، އެ ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީއެވެ.

އެމްޕީއެލްގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން އެ ދެ ކޮންޓެއިންނަރު ތެރޭގައި ހުރި ސިނގިރޭޓް ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.

އެނގިފައިވާ ގޮތުގައި ގެއްލިފައިވަނީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކެވެ. އެ ސިނގިރޭޓަކީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެ މުދަލެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Img md 202606090700241781013624.7722

ފީފާ ވޯލްޑް ކަޕް 2026 ގެ ކަވަރޭޖަށް އެމްޕީއެލް ކޯ-ސްޕޮންސަރަކަށް

ހަތް ކިލޯ ޑްރަގް މައްސަލާއާާ ގުޅޭ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

Img md 202606051030121780680612.5057

އެމްޕީއެލް ސީއީއޯ ޕޯޓް ރެސިޑެންސްގެ ރައްޔިތުންނާ ބައްދަލުކުރައްވައިފި

mpl

ކޮލޮމްބޯ ޕޯޓުން މާލޭ ބަނދަރަށް ކޮންޓޭނަރު ގެނައުމަށް ދިމާވި ދަތިތަތައް ހައްލުކޮށްފި