ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޯޓުތަކުގެ ހުކުމްތައް އެއްތަނަކުން ބަލާލެވޭ އޭއައި ވެބްސައިޓް ސަރިޔަތް ލޯންޗްކޮށްފި

Main 20260817
STO_Ads
Maldivian_Ads
TTH_Ads
Advertisement

ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާ ނިންމުންތައް އެއް މަންސައަކުން ފަސޭހަކަމާއެކު ހޯދައި، ދިރާސާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން “ސަރިޔަތް” ގެ ނަމުގައި ހާއްސަ ވެބްސައިޓެއް ލޯންޗްކޮށްފިއެވެ.

ހައިކޯޓުގެ ފަނޑިޔާރު އަބްދުލްމާނިއު ހުސައިން ފަރުމާކުރައްވައި ވުޖޫދަށް ގެންނެވި މި ވެބްސައިޓަކީ، ގާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށާއި ދިރާސާކުރާ ފަރާތްތަކުގެ އިތުރުން އާންމުންނަށް ވެސް ކޯޓުތަކުގެ ނިޔާތަކާއި ހުކުމްތައް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމުގެ ބޭނުމުގައި ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެއް ކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ.

ކޯޓުން މައުލޫމާތު ދިން ގޮތުގައި މި ވެބްސައިޓުގައި މިހާރުވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ހައިކޯޓުގެ ގާތްގަނޑަކަށް 6،000 މައްސަލައިގެ ނިންމުން ވަނީ ހިމަނާފައެވެ. މި ވަގުތު މައިގަނޑު ގޮތެއްގައި މަތީ މަރުހަލާގެ ދެ ކޯޓުގެ ނިންމުންތައް ހިމެނިފައި ވީނަމަވެސް، ސުޕީރިއާ ކޯޓުތަކުގެ ނިންމުންތައް ވެސް މި ވެބްސައިޓަށް އަޕްލޯޑް ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

HajjCop_ads
Advertisement

މީގެއިތުރުން، ކުރިއަށް އޮތް ތަނުގައި ދަށު ކޯޓުތަކުގެ ނިންމުންތަކާއި، ހައިކޯޓުގެ ކުރީގެ އަތުލިޔުމުން ހުރި މުހިންމު ނިންމުންތައް ވެސް މި ވެބްސައިޓަށް އިތުރުކުރުމުގެ މަސައްކަތްތައް ރޭވިގެން ކުރެވެމުންދާ ކަމަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ޒަމާނީ ޓެކްނޮލޮޖީއާއެކު ފަރުމާކޮށްފައިވާ “ސަރިޔަތް” ވެބްސައިޓުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްފައިވާތީ، ވަކިވަކި މައްސަލަތައް ހޯދުމުގައި ވަރަށް ބޮޑެތި ފަސޭހަތަކެއް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ވަކިވަކި ފަނޑިޔާރުންގެ ނިންމެވުންތަކާއި، އެކި ގާނޫނީ އުސޫލުތައް އަދި މައްސަލައިގެ ބާވަތަށް ބަލައިގެން ވަކިވަކިން ނިންމުންތައް ސާޗްކޮށްލެވޭނެއެވެ.

ގާނޫނީ ހޭލުންތެރިކަން އިތުރުކުރުމަށާއި އަދުލު އިންސާފުގެ ދާއިރާގެ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ މަގުސަދުގައި އެކުލަވާލާފައިވާ މި ވެބްސައިޓުގައި ރަޖިސްޓަރީ ވެގެން ކޮންމެ މީހަކަށްވެސް މުޅިން ހިލޭ މީގެ ހިދުމަތްތައް ބޭނުންކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Large 179135558655hYfs

ޝިފާއުގެ އިސްތިއުނާފު: ތަންފީޒު ނުކުރެވޭވަރުގެ އަދަބެއް ކަނޑައެޅުމުގެ ބޭނުމެއް ނެތްކަމަށް ސުއޫދު ވިދާޅުވެއްޖެ

Large thumb

ޝަމްޢާން 25 އަހަރަށް ޖަލަށްލި ޙުކުމް އިސްތިއުނާފްކޮށްފި

criminal curt

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މީހަކު 15 އަހަރަށް ޖަަލަށްލާން ހުކުމް ކޮށްފި

ހަތް ކިލޯ ޑްރަގް މައްސަލާއާާ ގުޅޭ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި