ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޝިފާއުގެ އިސްތިއުނާފު: ތަންފީޒު ނުކުރެވޭވަރުގެ އަދަބެއް ކަނޑައެޅުމުގެ ބޭނުމެއް ނެތްކަމަށް ސުއޫދު ވިދާޅުވެއްޖެ

Large 179135558655hYfs
TTH_Ads
Maldivian_Ads
STO_Ads
Advertisement

ބޭރުގެ ކުންފުނިތަކަކަށް ސައްހަ ނޫން ޓީޓީ ފޮނުވައިގެން މަކަރާއި ހީލަތުން ގިނަ އަދަދެއްގެ މުދާ ހޯދި މައްސަލާގައި، ހުސައިން ޝިފާއުގެ މައްޗަށް އިއްވާފައިވާ 109 އަހަރުގެ ޖަލު ހުކުމަކީ ގާނޫނާ ޚިލާފަށް ކަނޑައަޅާފައިވާ އަދަބެއް ކަމަށް އޭނާގެ ދިފާއީ ވަކީލު އަދި ކުރީގެ އުއްތަމަ ފަނޑިޔާރު ހުސްނުއްސުއޫދު ހައި ކޯޓުގައި ވިދާޅުވެއްޖެއެވެ.

އޮޅުވާލައިގެން 1.9 މިލިއަން ރުފިޔާގެ މުދާ އެތެރެކުރި މި މައްސަލައާ ގުޅިގެން 2023 ވަނަ އަހަރު ޝިފާއު ފުރަތަމަ ހައްޔަރުކުރުމަށްފަހު ދަޢުވާކުރިއެވެ.

ދައުލަތުން ޝިފާއުގެ މައްޗަށް އުފުލި 23 ދައުވާ ވެސް ކްރިމިނަލް ކޯޓުގައި ސާބިތުވެ، ރާއްޖޭގެ ތާރީޚުގައި ވެސް އެކަކަށް އިއްވި އެންމެ ދިގު ހުކުމް އޭނާއަށް ވަނީ އައިސްފަ އެވެ. އެއީ މަނީ ލޯންޑްރިންގެ ހަތް ދައުވާއަކަށް 70 އަހަރު، މަކަރާއި ހީލަތުގެ ހަތް ދައުވާއަކަށް 30 އަހަރު އަދި ފޯޖަރީގެ ނުވަ ދައުވާއަކަށް ނުވަ އަހަރާއެކު ޖުމްލަ 109 އަހަރުގެ ޖަލު ހުކުމަކާއި ހަތް މިލިއަން ރުފިޔާގެ ޖޫރިމަނާއެކެވެ. މައްސަލައިގެ ކުރީކޮޅު ލުއި ހޯދުމަށް އިއުތިރާފުގެ އެއްބަސްވުމެއް ހެދި ނަމަވެސް، ކޯޓުން ވަނީ އެ އެއްބަސްވުން ބަލައިނުގަނެ ބޭރުކޮށްލައިފަ އެވެ.

HajjCop_ads
Advertisement

މި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމުގައި ހައި ކޯޓުގައި ވާހަކަދައްކަވަމުން ސުއޫދު ވިދާޅުވީ، އެއް މީހަކަށް މިފަދަ ބުއްދި ގަބޫލުނުކުރެވޭ ވަރުގެ ބޮޑު އަދަބެއް ކަނޑައެޅިގެން ދިޔައީ ގާނޫނުލްއުގޫބާތުގެ 1006 ވަނަ މާއްދާގެ މަގުސަދާ ޚިލާފަށް ކަމަށެވެ. އެ މާއްދާގައި ބުނަނީ ކޮންމެ ކުށަކަށް ވަކިން އަދަބު ކަނޑައަޅަންވާނީ އެއީ އެ މީހަކު ކުރި ހަމައެކަނި ކުށް ކަމަށް ބަލައިގެން ކަމަށެވެ.
ގާނޫނުގައި އެންމެ ބޮޑު ކުށް ކަމަށްވާ މަރުގެ މައްސަލަތަކުގައި ވެސް އެންމެ ބޮޑު އަދަބަކީ 25 އަހަރުކަން ފާހަގަކުރައްވައި ސުއޫދު ވިދާޅުވީ، އަމަލީ ގޮތުން ތަންފީޒު ނުކުރެވޭނެ އަދަބެއް ކަނޑައެޅުމަކީ ގާނޫނު ތަސައްވުރުކުރާ ގޮތެއް ނޫން ކަމަށާއި އޭގެ އެއްވެސް ފައިދާއެއް ނެތް ކަމަށެވެ. އަދި އިންސާފު ގާއިމުކުރުމަށްޓަކައި މި ހުކުމްތައް ބާތިލުކޮށް، އަލުން އަދަބު ކަނޑައެޅުމަށް ދަށު ކޯޓަށް މައްސަލަ ފޮނުވައިދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

މިކަމާ ގުޅިގެން ދައުލަތުން ބުނީ، ދައުވާތައް އެއްކޮށް ހުށަހެޅީ ޝަރީއަތް އަވަސްކުރުމަށް ކަމަށާއި، ވަކިވަކިން ހިންގި ނަމަވެސް ނުކުންނާނީ ހަމަ މި ނަތީޖާ ކަމަށެވެ. އެހެންކަމުން ދަށު ކޯޓުގެ 109 އަހަރުގެ ހުކުމަކީ ގާނޫނާ އެއްގޮތަށް ކަނޑައަޅާފައިވާ ސައްހަ ނިންމުމެއް ކަމަށް ހައި ކޯޓުން ކަނޑައަޅައިދިނުމަށް ދައުލަތުގެ ވަކީލު އެދިވަޑައިގެންނެވި އެވެ.

 

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Large thumb

ޝަމްޢާން 25 އަހަރަށް ޖަލަށްލި ޙުކުމް އިސްތިއުނާފްކޮށްފި

Main 20260817

ކޯޓުތަކުގެ ހުކުމްތައް އެއްތަނަކުން ބަލާލެވޭ އޭއައި ވެބްސައިޓް ސަރިޔަތް ލޯންޗްކޮށްފި

high court

ކައުންސިލް އިންތިޚާބާ ގުޅޭ 2 މައްސަލައެއް ހައިކޯޓުން ބަލައި ނުގަތް

high court

ހައި ކޯޓާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި