ކުއްލި ޚަބަރު

އައްޑޫސިޓީ ހިތަދޫގައި “ސްކޫޕު” ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން އެދިއްޖެ

ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

“ބޯހިޔާވަހިކަން އެންމެނަށް” ކުރިމަތިލުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ

ސިނގިރޭޓް ވައްކަން: އާއްޓޭ އާއި ދިގަލި ހިމެނޭހެން 10 މީހަކަށް ދައުވާކޮށްފި

893

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ކުންފުނީގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ހިމެނޭހެން ޖުމްލަ 10 މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.

ޕީޖީ އޮފީހުން އޮފީހުން ބުނީ އެ މައްސަލައިގައި ޖުމްލަ 11 މީހެއްގެ މައްޗަށް ދައުވާ ކުރަން މައްސަލައިގައި ތަހުގީގު ނިންމާ ފުލުހުން މިއަދު އެ އޮފީހަށް ފޮނުވި ކަމަށެވެ. އޭގެ ތެރެއިން އެކެއް ފިޔަވާ އަނެއް 10 މީހުންގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

އާއްޓޭ އާއި ދިގަލީގެ އިތުރުން މުއާޒު އަލީގެ މައްޗަށް އުފުލީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުން އަދި ވައްކަންކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ.

މީގެއިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އާއި ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ވެސް އެ ތިން މީހުންގެ މައްޗަށް ވަނީ އުފުލާފައެވެ.

ކަސްޓަމްސްގެ އޮފިސަރު ޒިވާރު އިސްމާއީ އަދި އެމްޕީއެލްގެ މުވައްޒަފުން ކަމަށްވާ އަހުމަދު ޝަހީމް އާއި އަހުމަދު ފިރުސާންގެ މައްޗަށް ކުރާ ދައުވާތަކަކީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އާއި ވައްކަންކުރުމުގެ ކުށުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުމުގެ ދައުވާ އާއި ވައްކަންކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ.

ހުސައިން ސާމިހު އާއި އާދަމް ވަހީދުގެ މައްޗަށް ކޮށްފައި ވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އާއި ވައްކަންކުރުމުގެ ދައުވާއެވެ.

ހަސަން އަބްދުއްރަހުމާން އާއި ބަނގުލަދޭޝް މުހައްމަދު އަލަމިން މިއާގެ މައްޗަށް ކޮށްފައި ވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އާއި ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

ޖިނާއީ ދައުވާއެއް ކުރެވޭ ވަރުގެ ހެކި ނެތުމުން ދަފްތަރު ނަންބަރު ރސ. 1355 މުހައްމަދު ޝަރީފުގެ މައްޗަށް ދައުވާ ނުކުރަން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mm

އައްޑޫސިޓީ ހިތަދޫގައި “ސްކޫޕު” ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން އެދިއްޖެ

PG Office

އަމީން ސަލާމަތްވުމުން މައްސަލަ ހައިކޯޓަށް

990

ބައްސާމަށް އިތުރު 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

Image 20

ރުގްޔާގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ދެ މީހަކު ޖަލަށް

TTH_advertisement