ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މުހައްމާގެ ހާލު އަންނަނީ ރަނގަޅުވަމުން

STO_Ads
TTH_Ads

ކުރީގެ ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު އަދި މަޝްހޫރު ފިލްމު ޕްރޮޑިއުސަރު މުހައްމަދު ޢަބްދުﷲ (މުހައްމާ)ގެ ހާލު ރަނގަޅުވަމުން އަންނަކަމަށް “މުޅިރާއްޖެ” އަށް މައުލޫމާތު ލިބިއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހާޓްއެޓޭކެއް ޖެހި އައިޖީއެމްއެޗްގެ ހިތުގެ ބަލިތަކަށް ޚާއްސަ ޔުނިޓުގައި ފަރުވާދެމުން އަންނަ މުހައްމާގެ ހާލު މިހާރު ސްޓޭބަލްވެފައިވާކަމަށް އާއިލާގެ ބައެއް މީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އުވާލި ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމުގެ މަގާމުގައި ހުންނެވި މުހައްމާ، މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި އިހަވަންދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވެއެވެ. ޖުމްހޫރީ ޕާޓީއިން ސިޔާސީ ދާއިރާއަށް ނުކުތް މުހައްމާ، ޕީޕީއެމް އާއި އެމްޑީޕީގައިވެސް އުޅުއްވިއެވެ. މިހާރު އޭނާ އުޅުއްވަނީ ވެރިކަންކުރާ ޕީއެންސީގައެވެ.

HajjCop_ads

ފިލްމީ ދާއިރާގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވި މުހައްމާ، ގިނަ ކުރު ފިލްމުތަކާއި ޑްރާމާތަކުގައި ކުޅުއްވާފައިވާއިރު، ގިނަ ފިލްމުތައް ޕްރޮޑިއުސް ކުރެއްވުމުގެ ތަޖުރިބާވެސް ހޯދާފައި ވެއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު