ނ. ހޮޅުދޫ ސިއްހީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ފަށައިފިއެވެ.

މި ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރައްތަަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ހޮޅުދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

ހޮޅުދޫގެ ސިއްޙީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ހޮޅުދޫ ކައުންސިލްގެ ރައީސްއާއި، ކައުންސިލް މެމްބަރުންނާއި، ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

އިޝްތިހާރު އިޝްތިހާރު

އެ ސިއްހީ މަރުކަޒުގައި އެކްސްރޭ މެޝިނެއް ބެހެއްޓި، މި ޚިދުމަތް ފެށުމާއެކު ޑޮކްޓަރުންނަށް ފަސޭހަކަމާއެކު ބަލި ދެނެގަނެވި އަވަސް ފަރުވާ ދިނުމަށް މަގުފަހިވާނެއެވެ.

އެކްސްރޭގެ ޚިދުމަތަކީ، ކަށި ބިނދުމާއި، ފުއްޕާމޭގެ ބަލިތައް (ނިއުމޯނިއާ، ޓީބީ ފަދަ) އަދި ބައެއް ބަނޑުގެ މައްސަލަތައް ފަދަ ކަންކަން ޑޮކްޓަރުންނަށް އަވަހަށް ދެނެގަނެވޭނެ ނޮން-އިންވޭސިވް ވަސީލަތެކެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ދެވޭނެ ވަސީލަޔްތައް ގާއިމްކުރަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.