ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒާތީ މައުލޫމާތު ހާމަކުރުމުގެ މަގްސަދެއް ނެތް، ޒަކާތު ފަންޑަށް އޮތް އިތުބާރު ގެއްލޭތީ ހަގީގަތް ހާމަކުރީ: ޝަހީމް

990
STO_Ads
TTH_Ads
Advertisement

އެއްވެސް ފަރާތެއްގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ މަގްސަދެއް ނޫން ކަމަށާއި ޒާތީ މައުލޫމާތެއް ހާމަކުރެވިފައިވާނަމަ އެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މާފަށް އެދިވަޑައިގެންފިއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ވިލިމާލޭ ރައްޔިތުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި އެކަނިވެރި މަޔަކު، ޒަކާތު ފަންޑުން އެހީ ނުލިބޭ ކަމަށް ބުނެ ދެއްކެވި ވާހަކަތަކާ ގުޅިގެން އެމަނިކުފާނު ކުރެއްވި ޕޯސްޓަކާ ގުޅިގެން ބައެއް ފަރާތްތަކުން ފާޑުކިޔުމުންނެވެ.

އެ ބައްދަލުވުމުގައި އައިޝާ ނަމަކަށް ކިޔާ އެ އަންހެންމީހާގެ ވާހަކަތައް ހިމެނޭ ވީޑިއޯއަކާ އެކު ފޭސްބުކްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، އެހީއަކަށް އެދުމުން އޭނާއަށް ޒަކާތު ހައުސް އިން މިދިޔަ ސެޕްޓެމްބަރު މަހު 15،500ރ. ދީފައިވާ ކަމަށެވެ.

HajjCop_ads
Advertisement

އަދި އޭނާ ފަގީރުންގެ ލިސްޓަށް ނާރަނީ އެކަނިވެރި މައިންގެ އިނާޔަތް ލިބޭ މީހަކަށް ވެފައި، ވަޒީފާއިން ލިބޭ މުސާރައާ އެކު މަހަކު 22،000.ރ ގެ އާމްދަނީއެއް ލިބޭތީ ކަމަށް ވެސް މިނިސްޓަރު ފޭސްބުކުގައި ކުރެއްވި ޕޯސްޓްގައިވެއެވެ.

އެކަމާ ގުޅިގެން ބައެއް މީޑިއާތަކުން ފަތުރަމުންދާ ހަބަރުތަކާ ގުޅިގެން މިނިސްޓަރު މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއްވެސް ހާލެއްގައި އެފަރާތުގެ އެކައުންޓުގެ މައުލޫމާތު ހާމަކުރީ ޒާތީ މައުލޫމާތު ހާމަކުރުމުގެ މަގްސަދުގައި ނޫން ކަމަށާއި ޒާތީ މައުލޫމާތު ހާމަކުރެވިފައިވާނަމަ މާފަށް އެދޭ ކަމަށެވެ.

“އަޅުގަނޑު އެބޭފުޅާގެ އިންސާނީ ޝުޢޫރަށް ނުހަނު މަތީ ދަރަޖައަށް އިޙުތިރާމްކުރަން. އަޅުގަނޑު އެކަމާ ގުޅިގެން ދެންނެވި ވާހަކައިން މި ނޫން މާނައެއް ނެގުނުނަމަ، ނުވަތަ އެފަރާތުގެ ޒާތީ މައުލޫމާތު ހާމަކުރެވުނުކަމަށް ވާނަމަ، އެކަމަށް ނިހާޔަތަށް މައާފަށް އެދެން. ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން އެއްވެސް ދިވެހި ރައްޔިތަކަށް ދެރަކޮށް ކަންކަން ނުކުރާނެ،” ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޒަކާތުގެ ކަމަކާ ގުޅިގެން އެފަރާތުން ހާމަކުރި މައުލޫމާތަކީ ހަގީގަތް އޮޅޭ ގޮތަށް ހާމަކުރެވިފައިވާ މައުލޫމާތަކަށް ވާތީ، ރާއްޖޭގެ އެތައް ހާސް ރައްޔިތުން ޒަކާތު ފަންޑާ ހަވާލުކުރާ އެތައް މިލިއަން ރުފިޔާގެ އަމާނާތް އެތަނުން އަދާކުރަމުންދަނީ އަދުލުވެރިކަމާއި އިންސާފުންކަމާއި އިސްލާމީ ޝަރީއަތުގައިވާގޮތުގެ މަތިންކަން ކަށަވަރުކޮށްދެއްވުމަކީ، އެ މައުލޫމާތުތައް ހާމަކުރެއްވި މަގްސަދު ކަމަށެވެ.

ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ފަގީރުންގެ ދަފުތަރުގައި ހިމަނަނީ އެކަމަށް ޝަރުޢީ ގޮތުން ޝަރުޠު ފުރިހަމަވާ ޙައްޤު މީހުން ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ޒަކާތުގެ ނިޒާމު ހިންގަން ތިއްބެވި މުވައްޒަފުން ކަންކަން ކުރަނީ ތެދުވެރިކަމާއެކު ކަމަށާއި، އެއްވެސް ދިވެހި ރައްޔިތަކަށް ދެރަކޮށް ކަންކަން ނުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި

Photo 2026 04 29 16 29

ޤައުމީ ޔުނިވާސިޓީން އަންނަނީ އިލްމީ އައު އުސްމިންތަކަށް ވާސިލުވަމުން: ޑރ. ޝަހީމް

Dr shaheem

އިންސާނާގެ އަބުރާ ކަރާމާތަކީ އެންމެ މަތީ ޝާރަފު: ޑރ. ޝަހީމް

IMG

އިސްލާމީ ދާއިރާއިން މަސައްކަތްކުރުމަށް އިންޑިނޭޝިޔާއާއެކު މުހިންމު މަޝްވަރާތަކެއް