ކުއްލި ޚަބަރު

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަލިފުށީގައި ހާއްސަ މަސައްކަތްތަކެއް

ސާވިސް ޗާޖް ޑޮލަރުން ދިނުަމަށް ލާޒިމްކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

ފަލަސްތީނު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރާއްޖެއިން ގޮވާލައިފި

ދޮންބަންޑާރައިންގެ ޙިކުމަތާއި، ހުޝިޔާރުކަމާއި، ކުލުނު ތާއަބަދަށް ދެމިއޮންނާނެ: ރައީސް

raeees muiz
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ހޮޅީންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރުމަށް ދޮންބަންޑާރައިން ކުރެއްވި ޖިހާދަށް 3 ޤަރުނުވާން ކައިރިވީއިރުވެސް އެހަނދާންތައް މިފަސްގަނޑުގައިވަނީ ޝުކުރުވެރިކަމާއެކު ދިރިދިރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ ހުރަވީ ދުވަހުގެ ތަހުނިޔާ ދިވެހި ހުރިހާ ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.

ހުރަވީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، މާލޭގެ އެތައް ތަނެއްގައި ހުޅުޖަހާ، އޭރުގެ ރަދުން ރަހީނުކޮށް ލާއިންސާނީ އެތައް އަނިޔާއެއް ދިވެހީންނަށްދީ އަޅުވެތިކަމުގެ ނާމާން ދުވަސްތަކެއް މިޤައުމަށް ހޮޅިން ގެނައިކަމަށެވެ. އަދި އެނުރައްކަލުން ރާއްޖެ ސަލާމަތްކުރެއްވުމަށް ދޮންބަންޑާރައިން ކުރެއްވި ޤައުމީ ޖިހާދަށް މިއަހަރަށް 281 އަހަރުވެފައިވާކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދޮންބަންޑާރައިންގެ ޙިކްމަތާއި، ހުޝިޔާރުކަމާއި، ދިވެހި ވަޠަނުގެ މައްޗަށް އޮތް ކުލުނު އެތާރީޚީ ޙާދިސާއިން ހާމަވާކަމަށެވެ. އަދި މިތާރީޚީ ޙާދިސާއަށް 3 ޤަރުނުވާން ކައިރިވީއިރުވެސް އެހަނދާންތައް މިފަސްގަނޑުގައި ޝުކުރުވެރިކަމާއެކު ދިރިދިރި ހުރިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައިވަނީ ރާއްޖޭގައި ފާހަގަކުރަމުންދާ ފަޚުރުވެރި ހުރަވީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. އަދި މިނިވަންކަމާއި ފާގަތިކަމުގައި ރާއްޖެ އަބަދުމެ ލެއްވުންއެދި މާތްﷲގެ ޙަޟްރަތަށްވަނީ ދުޢާ ކުރައްވާފައެވެ.

ހޮޅިންގެ އަތްދަށުގައި ގާތްގަނޑަކަށް ނާމާންކަމުގެ 3 މަހެއް ހޭދަވުމާއެކު ރާއްޖެ މިނިވަންކުރެއްވުމަށް 200 އެއްހާ ފަހުލަވާނުންގެ މައްޗަށް އެކުލެވޭ ލަޝްކަރެއް ތައްޔާރުކޮށް ހަނގުރާމައަށް ނުކުންނެވިއެވެ. މިލަޝްކަރުގެ ކޮމާންޑަރަކީ މުލީގޭ ދޮން ހަސަން މަނިކުފާނެވެ. އެއީ ފަހުން އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީނު ނުވަތަ އާއްމު ނަންފުޅުންނަމަ މުލީގޭ ދޮންބަންޑާރައިންނެވެ. މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން މިދަނީ ހޮޅިންނާ ދެކޮޅަށް ދޮންބަންޑާރައިން ކުރެއްވި ޖިހާދުގައި ހޯއްދެވި ނަޞްރެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު
TTH_advertisement