ކުއްލި ޚަބަރު

އަރަބިއްޔާ ސްކޫލް ހިންގި އިމާރާތް ތަޅާލައި ޕާކަކާއި ޕާކިން ޒޯނެއް ތަރައްގީކުރަނީ

ޒާތީ މައުލޫމާތު ހާމަކުރުމުގެ މަގްސަދެއް ނެތް، ޒަކާތު ފަންޑަށް އޮތް އިތުބާރު ގެއްލޭތީ ހަގީގަތް ހާމަކުރީ: ޝަހީމް

ގެމަނަފުށީ މިސްކިތުގެ މަސައްކަތް ނިންމަން އާރްޑީސީން ތައްޔާރުވެއްޖެ

ނަމާދު އެޅުމަކީ އެކަމުގެ ޢުޤޫބާތުގެ ބޮޑުކަމާއި އެކަމުގެ ފާފައިގެ ބޮޑުކަން އަންގަވާފައިވާ ކަމެއް: ޚުޠުބާ

hukuru khuthuba

ނަމާދު އެޅުމަކީ އެމީހެއްގެ މައްޗަށް ﷲ ތަޢާލާގެ ކޯފާ އަންނާނެ ކަމެއް ކަމުގައި ދަންނާން ޖެހޭނެ ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

“ނަމާދު އެޅުމުގެ ނުރައްކާތެރިކަން” މި މައުޟޫއަށް ޚާއްސަ ކުރެވުނު މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ ނަމާދު އެޅުމަކީ އެކަމުގެ ޢުޤޫބާތުގެ ބޮޑުކަމާއި އެކަމުގެ ފާފައިގެ ބޮޑުކަން އަންގަވާފައިވާ ކަމެއް ކަމުގައެވެ. އަދި އުޒުރަކާނުލާ ނަމާދު އެޅުމަކީ އެމީހެއްގެ މައްޗަށް ﷲ ތަޢާލާގެ ކޯފާ އަންނާނެކަމެއްކަން ދަންނާން ޖެހޭނެ ކަމުގައި ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

މާތް ﷲގެ އަޅުތަކުންނޭވެ! އަހަރެމެންނަކީ ފާފަ ކުރެވޭނޭ މީހުންނެވެ. ނަމާދަކީ އެ އަޅުކަމުގެ ސަބަބުން އަހަރެމެންނަށް ކުރެވޭ ކުދި ފާފަތައް ފުއްސަވާނޭ އަޅުކަމެކެވެ.

މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޠުބާގައި އިތުރަށް ވިދާޅުވީ ނަމާދު އެޅުމަކީ އެއްވެސް ޙާލެއްގައި ކޮށްގެންވާނޭ ކަމެއް ނޫންކަން ހަދީސްތަކުން އެނގޭކަމަށާއި، އެހެންނަމަވެސް އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ ހަމައެކަނި ރަމަޟާންމަހު ބަރާބަރަށް ނަމާދުކުރާ މީހުން ކަމަށާއި، އަދި އަނެއްބައި މީހުންނަކީ ކޮންމެ ދުވަހަކު ކުރުމަށް ފަރުޟު ކުރައްވާފައިވާ ނަމާދުތަކުގެ ތެރެއިން ބައެއް ނަމާދުތައްކޮށް އަނެއްބައި ނަމާދުތައް ނުކުރާ މީހުން ކަމުގައުވެސް މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

މިއިން އެއްވެސް ބަޔަކު ނަމާދުތަކަށް ފަރުވާކުޑަ ކޮށްލާފައިވަނީ ނަމާދަށް އިންކާރުކުރާ ހާލުގައި ނޫންކަމުގައި ވީނަމަވެސް، ހަދީސްފުޅުތަކުން އެނގޭ ގޮތުގައި އެއީ ނުހަނު ފާފަވެރިވާނޭ ކަމެކެވެ. ވީއިރު، ކޮންމެ މުސްލިމަކުވެސް އޭނާގެ ނަފުސު ހިސާބުކޮށް ނަފުސަށް ގެންނާންޖެހޭ ބަދަލުތަކާމެދު ވިސްނުން އަވަސްކުރާން ޖެހެއެވެ. މަރު އައިސް ތިމާއާއި ބައްދަލުކުރާނީ ކޮންއިރަކުކަމެއް އެއްވެސް މަޚުލޫގަކަށް ނޭނގޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hukuru khuthuba

ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށް އެދޭ ނަމަ، މާތް اللهއަށް ތަޤުވާވެރިވާންޖެހޭ: ޚުޠުބާ

hukuru khuthuba

މީހުން ދައްކާ ވާހަކައިގެ ތެދުދޮގު ބެލުމެއްނެތި ވާހަކަ ފެތުރުމަކީ އޭގެ ނަތީޖާ ނުހަނު ހިތިވެދާނޭ ކަމެއް: ހުތުބާ

TTH_advertisement