ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްރާއީލުން ލުބުނާނުގެ ދެކުނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެނީ، މިހާތަނަށް އެތައްބަޔަކު މަރުވެއްޖެ

ލުބުނާނުގެ ދެކުނުގެ ރަށަކަށް އިސްތިއުމާރީ ސިފައިން މިއަދު ބޮންއަޅަނީ:
STO_Ads
TTH_Ads

އިސްތިއުމާރީ އިސްރާއީލުން ލުބުނާނުގެ ދެކުނުގެ އެކި ހިސާބުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމުގެ ސަބަބުން އާންމުންގެ އެތައް ބަޔަކު މަރުވެފައިވާ ކަމަށް، ލުބުނާނުން ބުނެފިއެވެ.

އިއްޔެގައި ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމަށްފަހު މިއަދުވެސް އެތައް ހަމަލާއެއް ދެމުން އެބަ ގެންދެއެވެ.

ލުބުނާނުގެ ދެކުނުގެ ސިޑިއޯން ކައިރިގައި އޮންނަ އައިނުލް ހިލްވާ ފަލަސްތީނު ރެފިއުޖީ ކޭމްޕްގައި ދަތުރުކުރި ކާރަކަށް ރޭގައި ބޮންއެޅުމުގެ ސަބަބުން 13 މީހުން މަރުވެ ހަތަރު މީހުން ޒަޚަމްވެފައި ވެއެވެ.

Maldivian_Ads

ބިންތު ޖްބޭރީ ސިޓީގައި ކާރަކަށް ހަމަލާދިނުމުގެ ސަބަބުން އެކަކު މަރުވެފައިވާއިރު، ބްލިދާގައި ހުރި ގެއަކަށްވެސް ޓެރަރިސްޓުން ބޮންއަޅާފައި ވެއެވެ.

ލުބުނާނުގެ ދެކުނުގެ ޝެހޫރާއި، ދީރް ކިފާއަށްވެސް މިއަދު ބޮން އަޅާފައި ވާއިރު، ތައިރް ފިލްސޭއާއި، އައިނަތާއަށް ބޮންއަޅާނޭ ކަމުގެ އިންޒާރު ދިނުމަށްފަހު އައިނަތާގެ ގެއަކަށް މީގެ ކުޑަ އިރުކޮޅެއް ކުރިން ބޮންއަޅާފައި ވެއެވެ.

އެ ގެއަށް ބޮން އެޅުމުގެ ސަބަބުން ކައިރި ހިސާބުތަކުގައި ހުރި އެތައް ގެއަކަށްވެސް ގެއްލުން ލިބިފައިވާ ކަމަށް ލުބުނާނުގެ ރަސްމީ ނޫސް އޭޖެންސީން ބުނެފައި ވެއެވެ. މީހަކަށް ކަމެއް ވީކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ހަމަލާތައް ހުއްޓާލުމަށް ހިޒްބުﷲއާ އެކު އެއްބަސްވުމެއް ހެދިފައި އޮންނަތާ އަހަރެއް ވެފައިވާއިރު، އެއްބަސްވުމާ ޚިލާފްވެ އިސްތިއުމާރީ ޓެރަރިސްޓުން ގެންދަނީ ލުބުނާނުގެ އެކި ހިސާބުތަކަށް ބޮންއަޅައި އެތައް ބަޔަކު މަރަމުންނެވެ.

ލުބުނާނުގެ ތަންތަނަށް ބޮންއަޅައި އެތައް އާންމުން މެރުމަށްފަހު ޓެރަރިސްޓުން ބުނަނީ، އެމީހުން ހަމަލާދެނީ ހަމާސްއާއި ހިޒްބުﷲގެ މެމްބަރުންނަށާއި، އެމީހުންގެ ތަންތަނަށް ކަމަށެވެ.

އިސްތިއުމާރީ ޓެރަރިސްޓުން ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކޮށް ހިޒްބުﷲއިން ބުނެފައިވަނީ، މިއީ ލުބުނާނުގެ އިސްތިގްގާލަށް އަރައިގަތުމުގެ އަމަލުތަކެއް ކަމަށާއި، އަދި މިއީ ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފް ޖަރީމާތަކެއް ކަމަށެވެ.

ހިޒްބުﷲއިން ލުބުނާނު ސަރުކާރަށް ގޮވާލާފައިވަނީ، މި އުދުވާނުތަކަށް ވަރުގަދަ ރައްދުތަކެއް ދިނުމަށެވެ.

ހަމަލާތައް ހުއްޓާލަން އެއްބަސްވެ ލުޔެއް ދިނުމަކީ، އުދުވާނުތަކާއި ޖަރީމާތައް ހިންގުމަށް އިސްތިއުމާރީ ބާރަށް ދެވޭ ފުރުސަތެއް ކަމަށާއި، އެމީހުންނާ ކުރިމަތިލާން ޖެހޭނީ އެޔަށްވުރެ ވަރުގަދަކޮށް ކަމަށްވެސް ހިޒްބުﷲއިން ބުނެފައިވެއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިންތިޚާބުގައި ނަތަންޔާހޫ ބަލިކޮށް، ވެރިކަމުން ދުރުކުރަން އިސްރާއީލުގެ އިދިކޮޅު ލީޑަރުން އިއްތިހާދު ހަދައިފި

އިސްތިއުމާރީ ސިފައިން ލުބުނާނުގެ ދެކުނަށް ވަރުގައަށް ބޮންއަޅައިފި، ހިޒްބުﷲއިންވެސް ވަރުގަދަ ރައްދުތަކެއް

ލުބުނާނާއި އިސްރާއީލުން ހަމަލާތައް ހުއްޓާލި މުއްދަތަށް ތިން ހަފްތާ އިތުރުކޮށްފި

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކީ ލުބުނާނު ރައްޔިތުންނަށް ކުރި ފުރައްސާރައެއް: ހިޒްބުﷲގެ ވެރިޔާ