ކުއްލި ޚަބަރު

އިތުރު ފަސް މަސާޖު ޕާލާއެއް ބަންދުކޮށްފި

ވަކި މުއްދަތެއް ފަހުން ބިދޭސީ ނަރުހުންނާއި ޓީޗަރުން ރާއްޖޭގައި ވަޒީފާ އަދާކުރުން މަނާކޮށްފި

ދޯންޏެއް އަޑިއަށްގޮސް ކަނޑުވި މީހަކު ސަލާމަތްކޮށްފި

އދ ސަލާމަތީ މަޖިލީހުން ޓްރަމްޕްގެ ޣައްޒާ ސުލްހަ ޕްލޭން ފާސްކޮށްފި

އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި 20 ޕޮއިންޓުގެ ސުލްހަ ޕްލޭން އދ ސަލާމަތީ މަޖިލީހުން ފާސްކޮށްފި އެވެ. މި ގަރާރަށް ސަލާމަތީ މަޖިލީހުގެ 13 މެންބަރުންގެ ވޯޓު ލިބުނު އިރު، ރަޝިއާއާއި ޗައިނާއިން ވޯޓުގައި ބައިވެރިވެފައެއް ނުވެ އެވެ.

ފާސްކޮށްފައިވާ ގަރާރުގެ ދަށުން ޣައްޒާއިން އިޒްރޭލު ސިފައިން ފޭބުމާއެކު، ސަރަހައްދުގެ ހަމަޖެހުން ބެލެހެއްޓުމަށް ބައިނަލްއަގުވާމީ ފައުޖެއް ގާއިމުކުރުމަށް ހުށަހަޅާފައިވެ އެވެ. މީގެ އިތުރުން 2027 ވަނަ އަހަރާ ހަމައަށް ޣައްޒާގެ ކަންކަން ހިންގާނެ ވަގުތީ އިދާރާއެއްގެ ގޮތުގައި “ބޯޑް އޮފް ޕީސް” އުފެއްދުމަށްވެސް އެމެރިކާއިން ވަނީ ހުށަހަޅާފަ އެވެ.

މި ގަރާރުގެ ދަށުން އުފެއްދުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް ޣައްޒާގައި ހަރަކާތްތެރިވުމަށް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން ދެކޮޅު ހަދާފައިވެ އެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމާއި ގުޅޭ މާއްދާއާ ދެކޮޅަށް އިޒްރޭލުން ވަނީ އިންޒާރުދީ، އެފަދަ ދައުލަތެއް ގާއިމުކުރަން ފުރުސަތު ނުދޭނެކަމަށް ތަކުރާރުކޮށް ބުނެފަ އެވެ. ރަޝިއާއިން ބުނެފައިވަނީ އެމެރިކާގެ ހުށަހެޅުމުގައި ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށް ބާރުއަޅާފައި ނުވާކަމަށާއި، ދެ ދައުލަތުގެ ހައްލަކަށް ގޮވާލާފައިވެ އެވެ.

އިޒްރޭލުން 2023 އޮކްޓޯބަރުން ފެށިގެން ޣައްޒާއަށް ދޭމުންދާ ހަމަލާތަކުގައި މިހާތަނަށް 69،483 މީހުން ޝަހީދުކޮށްލާފައިވާއިރު، އެއްލައްކައަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެ އެވެ. ވަގުތީގޮތުން ހަނގުރާމަ ހުއްޓާލާފައިވީ ނަމަވެސް އިޒްރޭލުން ދަނީ އެކި ފަހަރުމަތިން ޣައްޒާގެ އެކި ސަރަހައްދުތަކަށް ހަމަލާދެމުންނެވެ. އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިޒްރޭލުން ހުރަސްއަޅަމުންދާތީ ޣައްޒާގެ އެތައް ކުޑަކުދިންނާއި ރައްޔިތުން ދަނީ ފުރާނައާ ހަނގުރާމަ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެއްބަސްވުމާ ޚިލާފްވެ ޣައްޒާއިން މިހާތަނަށް 383 މީހުން ޝަހީދު، ތޫފާނުން ސަލާމަތްވާންވެސް ފުރުސަތު ނުދޭ

ސްޕެއިންގެ ބޮޑުވަޒީރު ޕޯސްޓްކުރެއްވި މި ފޮޓޯއިން އިސްރާއީލުގެ ހިތަށް ވަރަށް ތަދުވެއްޖެ

އދގެ ކޮމްޕައުންޑެއް ރެއިޑްކޮށް، އދގެ ދިދަ ތިރިކޮށް އިސްރާއީލުގެ ދިދަނެގި މައްސަލަ ވަރަށް ބޮޑަށް ކުށްވެރިކޮށްފި

ފަލަސްތީނު ގައުމީ ޓީމުގެ ކޯޗަށް އެންމެބޮޑު ހިތްވަރަކާއި އުންމީދެއް ދެނީ ޣައްޒާގައި ހުރި އޭނާގެ މަންމަ

TTH_advertisement